ހުޅުމާލެ ފިހާރައެއްގައި ހުރި، އެހެން ދީނެއް ރަމްޒުކޮށްދޭ ޕޮޓުތަކެއް ފުލުހުން ނަގައިފި

ހުޅުމާލޭގެ ފިހާރައެއްގައި އިސްލާމް ދީން ނޫން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ބަހައްޓާފައި ހުރި ކަމުގެ މައުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބުމާ ގުޅިގެން، ފުލުހުން އެ ފިހާރައަށް ގޮސް އެ ތަކެތި...

10 Oct 2026 | 17:30
N/A

N/A

ހުޅުމާލޭގެ ފިހާރައެއްގައި އިސްލާމް ދީން ނޫން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ބަހައްޓާފައި ހުރި ކަމުގެ މައުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބުމާ ގުޅިގެން، ފުލުހުން އެ ފިހާރައަށް ގޮސް އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރި ގޮތުގައި، މިދިޔަ ބުދަ ދުވަހުގެ ރޭގަނޑު 18:15 ހާއިރު އެ ފިހާރައަށް ގޮސް ބަލައިފާސްކުރިއިރު، އެހެން ދީންތައް ރަމްޒުކޮށްދޭ ހަ ޕޮޓެއް ވިއްކުމަށް އެ ފިހާރައިގައި ބެހެއްޓިފައި ހުރި ކަން ފާހަގަކުރެވުނެވެ. އެ ހުރިހާ ތަކެއްޗެއް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް