ކުރީ ފުރޮޅު ހިއްލައިގެން ސައިކަލު ދުއްވި ޒުވާނަކު ޖޫރިމަނާކޮށް ސައިކަލު ޓޯ ކޮށްފި

ހުޅުމާލެ ފޭސް 1 ގައި އާންމުންނަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލެއް ދުއްވި 20 އަހަރުގެ ފިރިހެނަކު ހުއްޓުވައި، ޖޫރިމަނާކޮށް، އެ ސައިކަލު ޓޯކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އޮކްޓ...

10 Oct 2026 | 12:51
މަންޒަރު ސިފަކޮށްދިނުމަށް އެއާއި މެދުވެރިކޮށް ތައްޔާރު ކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް އެއާއި މެދުވެރިކޮށް ތައްޔާރު ކޮށްފައިވާ ފޮޓޯއެއް -

ހުޅުމާލެ ފޭސް 1 ގައި އާންމުންނަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ސައިކަލެއް ދުއްވި 20 އަހަރުގެ ފިރިހެނަކު ހުއްޓުވައި، ޖޫރިމަނާކޮށް، އެ ސައިކަލު ޓޯކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އޮކްޓޫބަރު 9 ވަނަ ދުވަހުގެ ރޭގަނޑު 10:30 އެހާކަންހާއިރުއެވެ. އެ ވަގުތު ހުޅުމާލެ ތެރެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންގެ ބީޓަކަށް، ކިނބިގަސް މަގުން ފްލެޓް 12 ކައިރިން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލެއްގެ ކުރީ ފުރޮޅު ހިއްލައިގެން ނުރައްކާތެރި ގޮތެއްގައި ދުއްވާތީ ފާހަގަކުރެވުނެވެ.

އެ ސައިކަލު ދުއްވަން އިން ޒުވާނާ ހުއްޓުވައި ޖޫރިމަނާ ކުރުމާ އެކު، އެ އުޅަނދު ވެސް ވަނީ ޓޯކޮށްފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މިފަދަ ނުރައްކާތެރި އަމަލުތައް ހިންގާ ފަރާތްތަކާ މެދު ފުލުހުން ގެންދަނީ ހަރުކަށި ފިޔަވަޅު އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް