N/A
ކުރިއަށް އޮތް ރޯދަ މަހުގެ ފަހު 15 އާ ދިމާކޮށް އައްޑޫ ސިޓީ ގަމުން ސައޫދީ އަރަބިއްޔާގެ ޖިއްދާއަށް ސީދާ އުމްރާ ފްލައިޓެއް ބޭއްވުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.
މި ދަތުރު ރާވާފައި ވަނީ ފެބްރުއަރީ 20 ވަނަ ދުވަހު ގަމުން ފުރާ ގޮތަށް ކަމަށާއި، ރޯދަ މަހުގެ ފަހު ފަނަރައިގެ ޕެކޭޖުގެ އަގަކީ 48،965 ރުފިޔާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ. މުޅި ރޯދަ މަހަށް ހާއްސަ ޕެކޭޖެއް ވެސް ހުޅުވާލާފައިވާ ކަމަށާއި، އެ ޕެކޭޖުގެ އަގަކީ 54،965 ރުފިޔާ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ދެކުނުގެ ރައްޔިތުން މާލެ ނައިސް ފަސޭހަކަމާ އެކު އުމްރާގެ އަޅުކަމަށް ދެވޭނެ ގޮތް ހެދުމަކީ މި ދަތުރުގެ މައިގަނޑު ބޭނުން ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ. ޖާގަ ކަށަވަރުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ޖާގަ ހޯދެން އޮތީ ހައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" ނުވަތަ އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށެވެ.
ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި ގައުމީ އެއާލައިނުން ވައިޑް ބޮޑީ އޮޕަރޭޝަންތައް ފެށުމާ ގުޅިގެން މި ދަތުރުތައް އިންތިޒާމުކުރެވޭ ގޮތް ވަނީ ފަހިވެފައެވެ. ކުރިއަށް އޮތް ތަނުގައި ރޯދަމަހުގެ އިތުރުން ޖުލައި އަދި ޑިސެމްބަރުގައި ވެސް ގަމުން ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަކީ އެ ކޯޕަރޭޝަންގެ އަމާޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް