'ގްރޯ ވިތް އުރީދޫ' ގެ ދަށުން ދިއްފުށީ އަންހެނުންގެ ކޮމިޓީއާ ގުޅިގެން ގަސް އިންދައިފި

ކ. ދިއްފުށީގެ ތިމާވެށި ހިމާޔަތްކޮށް ފެހިކަން އިތުރުކުރުމުގެ މަޤުޞަދުގައި އުރީދޫއިން އެ ރަށުގައި ގަސް އިންދުމުގެ ހާއްސަ ހަރަކާތެެއް ކުރިޔަށް ގެންގޮސްފި އެވެ. މި ހަރަކާތް ކުރިޔަށް ގެންދިޔައީ އެ ރަށުގެ އ...

10 Oct 2026 | 04:17
ފޮޓޯ: އުރީދޫ

ފޮޓޯ: އުރީދޫ

ކ. ދިއްފުށީގެ ތިމާވެށި ހިމާޔަތްކޮށް ފެހިކަން އިތުރުކުރުމުގެ މަޤުޞަދުގައި އުރީދޫއިން އެ ރަށުގައި ގަސް އިންދުމުގެ ހާއްސަ ހަރަކާތެެއް ކުރިޔަށް ގެންގޮސްފި އެވެ.

މި ހަރަކާތް ކުރިޔަށް ގެންދިޔައީ އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ގުޅިގެންނެވެ. މި ހަރަކާތް ހިންގީ އުރީދޫގެ "ގްރޯ ވިތު އުރީދޫ" އިސްނެގުމުގެ ތެރެއިންނެވެ.

ދިއްފުށީގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މި ޕްރޮގުރާމުގައި ރަށުގެ އެކި ސަރަހައްދުތަކުގައި ގަސް އިންދާފައިވެއެވެ. ހަރަކާތަށް ބޭނުންވި ގަސްތައް ފޯރުކޮށްދިނީ އެޗްޑީސީންނެވެ.

މި ހަރަކާތުގެ ބޭނުމަކީ ދިއްފުށީގެ ފެހިކަން އިތުރުކުރުމާ އެކު، ތިމާވެށި ރައްކާތެރިކުރުމުގައި މުޖުތަމަޢުގެ ބައިވެރިވުން ހޯދުން ކަމަށް އެ ކުންފުނިން ބުނެއެވެ.

"ގްރޯ ވިތު އުރީދޫ" ޕްރޮގުރާމު މެދުވެރިކޮށް އެ ކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލޯކަލް ކައުންސިލްތަކާއި ޖަމިއްޔާތަކާ ގުޅިގެން ތިމާވެށީގެ ޒިންމާދާރުކަން ކުރިއެރުވުމަށް މަސައްކަތް ކުރަމުން ގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް