ކުޅުދުއްފުށިން ކޯވިޑް ޖެހުނު ފުލުސް މީހާ އާއި ގުޅުން ހުރި 10 މީހުން ޕޮސިޓިވް ވެއްޖެ

ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހާ އާއި ގުޅުން ހުރި 10 މީހަކު ޕޮސިޓިވްވެފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެ...

10 Oct 2020 | 18:43

ކުޅުދުއްފުށީ ސިޓީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހާ އާއި ގުޅުން ހުރި 10 މީހަކު ޕޮސިޓިވްވެފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެޗްއީއޯސީގެ ތަރުަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ޕޮސިޓިވްވެފައިވަނީ އޭނާ އާއި ޑައިރެކްޓު ކޮންޓެކްޓުވި މީހުންގެ ތެރެއިން ސާމްޕަލް ނަގައި ޓެސްޓު ކުރި މީހުންގެ ތެރެއިން 10 މީހުން ކަމަށެވެ. އޭގެ ތެރެއިން އަށް މީހަކު ޕޮސިޓިވްވީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.

އަދި ހއ. ދިއްދޫއިން ހަތަރު މީހުންނާއި ށ. ފޯކައިދޫން އެކަކު ޕޮސިޓިވްވެފައިވާ ކަމަށެވެ. މި މީހުންނަނަކީ ފުލުސް މީހާ އުތުރުގެ ތިން އަތޮޅުގެ ޕޮލިސް ސްޓޭޝަންއަށް ދަތުރު ކުރުމުގެ ތެރޭގައި ކޮންޓެކްޓުވެފައިވާ މީހުންނެވެ.

ފުލުސް މީހާ ޕޮސިޓިވްވުމާއި އެކު އެމީހާ ދަތުރު ކުރި ހަ ރަށެއް ވަގުތީގޮތުން މޮނިޓަރިންއަށް ލިޔެ ވެ. އޭގެ ތެރޭގައި ހިމެމެނީ ހއ. ދިއްދޫ، ހޯރަފުށި، ބާރަށް، ހދ ކުނބުންދޫ، ކުޅުދުއްފުށި އަދި ށ. ފުނަދޫ އެވެ.

ފުލުހުންގެ އާ ކްލަސްޓާއެއް އުފެދިފައިވާއިރު، ލ. ކައްދޫއަށް ޓްރެއިނިންއަށް ދިޔަ ސިފައިންގެ 58 މީހަކު ވަނީ މި މަހުގެ ތެރޭގައި ޕޮސިޓިވްވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް