ލަންކާގައި ޕައިލެޓްކަން ކިޔަވަން ގޮސްތިބި ދަރިވަރުން ފައިސާގެ ދަތިކަން ދިމާވެ ގޮތް ހުސްވެފައި

ސްރީލަންކާއަށް ޕައިލެޓްކަން ކިޔަވަން ގޮސް ތިބި ދިވެހި ދަރިވަރުންނަށް މާލީ ދަތިކަން ކުރިމަތި ގޮތް ހުސްވެފައިވާ ކަމަށް އެ ކުދިން ބުނެފި އެވެ. ލަންކާގެ ފިޓްސް އެއާ ފްލައިޓް އެކަޑަމީގައި ޕްއިލެޓްކަން ކިޔަ...

10 Oct 2020 | 15:22

ސްރީލަންކާއަށް ޕައިލެޓްކަން ކިޔަވަން ގޮސް ތިބި ދިވެހި ދަރިވަރުންނަށް މާލީ ދަތިކަން ކުރިމަތި ގޮތް ހުސްވެފައިވާ ކަމަށް އެ ކުދިން ބުނެފި އެވެ.

ލަންކާގެ ފިޓްސް އެއާ ފްލައިޓް އެކަޑަމީގައި ޕްއިލެޓްކަން ކިޔަވާ ކުދިންނަކީ ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯން ނަގައިގެން ކިޔަވަން ގޮސް ތިބި ކުދިންނެވެ. އެކުދިން ފުރަތަމަ ކިޔަވަން ދިޔައީ އައްޑޫގައި ހިންގާ ފްލައިން ސްކޫލަށެވެ.

މިވަގުތު ލަންކާގައި ތިބި އެ ދަރިވަރުން "ދުވަސް" އަށް މައުލޫމާތު ދެމުން ބުނީ ލަންކާއަށް ކިޔެވުން ބަދަލު ކުރީ، އައްޑޫގައި ތިބުމުގެ ހަރަދު ބޮޑުވެފައި، އެތަނުގެ މެނޭޖްމެންޓުގެ ދޯދިޔާ ކަމުން ކަމަށެވެ. އަދި ކޯސް ނުނިމި ދިގުދެމިގެންދާތީ ކަމަށެވެ.

އެ ދަރިވަރުން ބުނީ ލަންކާއަށް ކިޔެވުން ބަދަލު ކުރި ފަހުން ކޯވިޑް-19 އާއި ގުޅިގެން ކިޔެވުން އިތުރު ހަ މަހަށް ފަސްވެފައިވާ ކަމަށެވެ. އަދި ސްޓޫޑެންޓު ލޯންގެ ދަށުން ލިބިފައިވާ ފައިސާ އިތުރަށް ލަންކާގައި ތިބުމުގެ ހަރަދު ހަމަޖެއްސެން ނެތްކަމަށް ބުންޏެވެ.

ސްޓޫޑެންޓު ލޯނުގެ ދަށުން ލަންކާގައި ޕައިލެޓްކަން ކިޔަވަން ގޮސްތިބި ދަރިވަރުންގެ ތެރެއިން 10 ދަރިވަރަކު ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައި އެވެ. އެ ޕެޓިޝަންގައި އެދިފައިވަނީ ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އާދޭހާއި އެކު އެދިފައި އެވެ.

އެ ޕެޓިޝަނަށް މިހާތަނަށް ރައީސް އޮފީހާއި ސަރުކާރުގެ އެހެން އިދާރާއަކުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ބުނެ އެވެ. އިތުރަށް ބުނީ ސަރުކާރު ފަރާތުން މިކަމުގައި އެއްބާރުލުން ނުލިބިއްޖެ ނަމަ އެ ދަރިވަރުންނަށް ކިޔެވުން ހުއްޓާލައި ރާއްޖެ އަންނަން މަޖުބޫރު ވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް