ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ގޮތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަނީ..

ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ގޮތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މ...

10 Oct 2020 | 12:17

ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ގޮތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގައި މިއަދު ފާހަގަކުރާ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބާގައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އެމަނިކުފާނުގެ ޓްވީޓުގައި ވިދާޅުވީ އާންމު ސިއްހަތު ދެމެހެއްޓުމަށްޓަކައި ނަފްސާނީ ބަލިތަކަށް ފަރުވާ ދޭނެ މަގު ފަހިވެފައިވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ. އަދި ކޯވިޑުގެ ސަބަބުން ނަފްސާނީ ބަލިތަކަށް އެކަށީގެންވާ ފަރުވާ ދިނުމުގެ މުހިންމުކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.

https://twitter.com/ibusolih/status/1314866262149799938

ކޯވިޑާ ގުޅިގެން ކުރީ ސަފުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ބަޔަކީ ނަފްސާނީ އެހީތެރިން ކަމަށްވާ އިރު، ކޯވިޑް 19ގެ ސަބަބުން އެތައް ބަޔަކަށް ނަފްސާނީ ގޮތުން ވަނީ އަސަރުކޮށްފަ އެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް