ހުވާކޮށްފައިބުނަން ޓްރެއިލާ ރިލީޒު ކޮށްފި، މުޅިންވެސް ދައްކަނީ ކޮންމެވެސް އެއްޗެއް ވައްދާ ވާހަކަ

މަޝްހޫރު ޑައިރެކްޓަރ، އެކްޓަރ އަދި ޕްރޮޑިއުސަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ހަދަމުން އަންނަ ވެބް ސީރީޒް "ހުވާކޮށްފައިބުނަން" ގެ ޓްރެއިލާ އާންމުކޮށްފިއެވެ. މި ޓްރެއިލާ އަކީ ވަރަށް ޝައުގުވެރި ޓްރެއިލަރ އެކެވެ...

10 Oct 2020 | 10:23

މަޝްހޫރު ޑައިރެކްޓަރ، އެކްޓަރ އަދި ޕްރޮޑިއުސަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ހަދަމުން އަންނަ ވެބް ސީރީޒް "ހުވާކޮށްފައިބުނަން" ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

މި ޓްރެއިލާ އަކީ ވަރަށް ޝައުގުވެރި ޓްރެއިލަރ އެކެވެ. ޓްރެއިލަރ ގައި ގިނައިން ދައްކާފައި ހުރީ ކޮންމެވެސް އެއްޗެއް ވައްދާ ވާހަކައެވެ. ކޯއްޗެއް ކަމެއް ނޭނގެއެވެ.

ޔޫއްޕެ ޕްރޮޑަކްޝަން ޔޫޓިއުބް ޗެނަލުން ގެނެސްދިނުމަށް ހަމަޖެހިފައިވާ "ހުވާކޮށްފާބުނަން" ސީރީޒް އަކީ އެ ޕްރޮޑަކްޝަންގެ ފުރަތަމަ ޑްރާމާ ސީރީޒް އެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ ފުންނާބު އުސް އަދި އެންމެ ތަޖުރުބާކާރު ފިލްމީ ފަންނާނު ޔޫއްޕެ ގެ މި ސީރީޒްގައި ހުރިހާ ކުލަތަކެއް ފެނިގެންދާ އިރު، މިއީ ތިން ސީޒަނަށް ބަހާލައިގެން 26 އެޕިސޯޑުގެ ޑްރާމާ ސީރީޒެކެވެ.

އެކްޓިންގ، ސްކްރީން ރައިޓިންގ އަދި ޑައިރެކްޝަނުން އެވޯޑް ހޯދާފައިވާ ޔޫއްޕެ ގެނެސްދޭ މި ސީރީޒުގައި އަޙްމަދު ސަޢީދު، އަޙްމަދު އީސާ (އާނަންދު)، މުހައްމަދު މުސްޠަފާ (މުސްތޮ)، އަބްދުﷲ ޝާފިއު (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ)، ޝިފާ، ނަތާޝާ، ވާޝިޔާގެ އަދި ނާޝިދާ މުޙައްމަދު (ނާއްކޮ) ގެ ހުނަރުވެރިކަން ފެނުގފެންދާނެ އެވެ.

މީގެ އިތުރުން މުޙައްމަދު ފައިސަލް، އިރުފާނާ އިބްރާހީމް (އިރޫ)، ޢަލީ ޔޫޝަޢު އަދި ”އެހެނަސް“ ސީރީޒް އިން ފެނިގެންދިޔަ އައިސްޓީވީގެ ޕްރެސެންޓަރ ދޮނާ ވެސް މުހިންމު ރޯލުތަކުން ފެންނާނެ އެވެ.

މި ސީރީޒް ކެމެރާކޮށް ޕޯސްޓް ޕްރޮޑަކްޝަން ހަދަނީ ރާއްޖޭގައި ކެމެރާ ކުރުމުގައި އެފަދަ ދެވަނައެއް ނެތް ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.

https://www.youtube.com/watch?v=eWATnB82PpU&feature=youtu.be

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް