ވިޔަފާރި އާއި ޓޫރިސްޓުންނަށް ހާއްސަކޮށްގެން "ޕްރިވިލޭޖްޑް ކާޑު" ތައާރަފުކޮށްފި އެވެ.
ޕްރިވިލެޖްޑް މޯލްޑިވްސް ކުންފުނިން ތައާރަފު ކުރި މި ކާޑަކީ ކޯވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ދަތިތަކާއި ގުޅިގެން ވިޔަފާރިތައް ޕްރޮމޯޓު ކުރުމަށް ދޫކުރަން ފެށި ކާޑެކެވެ. މި ކާޑު ރަސްމީކޮށް ތައާރަފުކޮށްފައިވަނީ މިއަދު އެވެ.
"ޕްރިވިލޭޖްޑް ކާޑު" ތިން ބަޔަކަށް ލިބޭނެ އެވެ. އެއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ދިވެހިންނާއި ޓޫރިސްޓުންނަށެވެ.
މި ކާޑުގެ ހިދުމަތް ލިބޭ ތަންތަނުގައި ހިދުމަތްލިބޭކަން އަންގައިދޭގޮތަށް ސްޓިކާއެއް ޖަހާފައި ހުންނާނެ އެވެ. މި ކާޑަކީ ޑިޖިޓަލް ކާޑެކެވެ.
ކާޑަށް ލޮގިން ވުމާއިއެކު އެ ކުންފުނީގެ ހިދުމަތް ލިބޭ ފުޑް އައުޓްލެޓްތަކާއި ހޯދަން ބޭނުންވާ ތަންތަނުގެ މައުލޫމާތު ފަސޭހައިން ބެލޭނެ ކަމަށް ޕްރިވިލެޖްޑް މޯލްޑިވްސް އިން ބުނެ އެވެ. ޕްރިވިލެޖްޑް ޕާޓްނަރުންނަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ވިޔަފާރި ބޫސްޓްކޮށްލަން މަގު ފަހިވުމެވެ.
މި ކާޑުގެ ހާއްސަ ކަންކަމުގެ ތެރޭގައި ވިޔަފާރި ކުރަމުންދާ ވަރަކަށް ކާޑަށް ޕޮއިންޓްސް އިތުރު ވަމުން ދާނެ އެވެ. އަދި އެ ޕޮއިޓްސްތައް ބޭނުން ކޮށްގެން ވިޔަފާރި ކުރެވޭނެ ކަމަށް ބުނެ އެވެ.
މި ކާޑުގެ ހިދުމަތް ލިބޭ ތަންތަނުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ފިހާރަތަކާއި ސެލޫން އަދި ގެސްޓްހައުސްގެ އިތުރުން ރެސްޓޯރެންޓު ތައް ހިމެނެ އެވެ.
ޕްރިވިލެޖްޑް މޯލްޑިވްސްއިން ބުނީ މި ކާޑު ޕްރޮމޯޓް ކުރަން އެހެން ގައުމުތަކުގައި ވެސް ހަރަކާތްތައް ހިންގަން ނިންމާފަ ވާކަމަށެވެ. މި ކާޑު ޕްރޮމޯޓް ކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި ހާއްސަ ކެމްޕޭނެއް ވެސް ވަނީ ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް