ޕާކިސްތާނުން ޓިކްޓޮކް ބްލޮކް ކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ އެ ގައުމުގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީންނެވެ.
މި ނިންމުން ނިންމައި އެ ގައުމުން ޓިކްޓޮކް ބްލޮކް ކުރުމަށްފަހު އެ އޮތޯރިޓީން ބުނެފައިވަނީ އާންމު އިޖްތިމާއީ މިންގަޑާއި އާންމު ސުލްހަމަސަލަސްކަމަށް ބުރޫ އަރާފަދަ ކިތަންމެ ކޮންޓެންޓެއް ޓިކްޓޮކްގައި ސްޓްރީމް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން އެގޮތަށް އޮތް ހާ ހިނދަކު ޓިކްޓޮކް ބާއްވާނީ ބްލޮކްކޮށްފައި ކަމުގައި އެ އޮތޯރިޓީން ބުނެފައިވެއެވެ.
ޕާކިސްތާނުން ޓިކްޓޮކް ބްލޮކް ކޮށްފައިވާއިރު އިންޑިއާއިންވެސް ވަނީ ޓިކްޓޮކް ބްލޮކްކޮށްފައެވެ. އިންޑިއާއިން ޓިކްޓޮކް ބްލޮކް ކުރީ މި އަހަރުގެ ޖޫން މަހުގައެވެ.
އިއްޔެއިން ފެށިގެން ޕާކިސްތާނުގައި ޓިކްޓޮކް ބްލޮކްކޮށްފައިވާއިރު ޓިކްޓޮކުން ބުނެފައިވަނީ މައްސަލަ ހައްލުކޮށް ޕާކިސްތާނުގައި ޓިކްޓޮކް އަލުން ދޫކޮށްލުމަށް ޕާކިސްތާނުގެ ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ހައްލަކަށް އާދެވޭނެ ކަމުގައި ގަބޫލުކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް