"ބިގް ބޮސް 12" ގެ ދެ ބައިވެރިން ކަމަށްވާ އަނުޕް ޖަލޯތާ އާއި ޖަސްލީން މަތަރޫގެ ކައިވެނީގެ ފޮޓޯކަމަށް ބުނެ ދައުރު ކުރި ފޮޓޯއެއް އިިއްޔެ ވަނީ ގިނަ ބައެއްގެ ސަމާލު ކަމަށް އައިސްފައި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާންފެށި މި ފޮޓޯއިން ފެންނަނީ އިންޑިއާގެ ކައިވެނީގެ ހެދުން އަޅައިގެން ޖަސްލީން އާއި އެކު އުމުރުން ދުވަސްވީ މީހަކު އިިންނަތަނެވެ. އެ ފިރިހެން މީހަކީ އިންޑިއާގެ ދީނީ ލަވަކިޔުމުގައި މަޝްހޫރު އަދި އެކްޓަރެއްކަމަށްވާ އަނުޕް ޖަލޯތާ އެވެ. ޖަސްލީން އަކީ ޓީވީ އެކްޓްރެސްއެކެވެ.
އެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރި މީހުން ބުނެފައިވަނީ އެ ދެ މީހުން ކައިވެނިކޮށްގެން އުޅޭ ކަމަށާއި އެއީ ޓީޗަރަކާއި ދަރިވަރެއް ކަމަށެވެ. މި ފޮޓޯއާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އެ ދެ ތަރިންނަށް ވަނީ އަމާޒުވެފައި އެވެ. ފާޑުކިޔުން އަމާޒުވީ ފައިސާއަށް އުމުރުން ދުވަސްވީ މީހަކާއި ކައިވެނި ކުރީ ކަމަށް ބުނެ އެވެ.
މި ފާޑުކިޔުންތަކާއި ގުޅިގެން ރޭ އަނުޕް ވަނީ ފޮޓޯގެ ހަގީގަތް ރަސްމީކޮށް ހާމަކޮށްފަ އެވެ. އޭނާ ބުނީ އެ ފޮޓޯ އަކީ ދެމީހުން މިހާރު ކުޅެމުން އަންނަ ފިމްލުގެ މަންޒަރެއް ނެގުމަށް ތައްޔާރުވެގެން ތިބި ތަން ކަމަށެވެ.
އެ ފިލްމުގައި އަނުޕް ކުޅެނީ ޖަސްލީންގެ ބައްޕަގެ ރޯލު ކަމަށް ބުނެފައިވެ އެވެ. އަދި އެފަދަ ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރާ މީހުންގެ ވާހަކަތައް އަޑު ނޭހުމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް