އިސްލާމް ދީނާއި ގުޅޭގޮތުން އަހަރެންނަށް ނޭންގޭ އެއްޗެއް އަލީ ރަމީޒަކަށް ނޭންގޭނެ: އަލްހާން

އަލީ ރަމީޒް އަކީ ކުރީގެ މަޝްޙޫރު ލަވަކިޔުންތެރިއެއް ކަމަށާއި އެއީ ފޭކް ޝައިޚެއްކަމަށް ބުނެ އަލްހާން އަލީރަމީޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. އަލީ ރަމީޒަށް ފާޑު ވިދާޅުވެ. އަލްހާން އިއްޔެ ކުރި ...

10 Oct 2020 | 02:43

އަލީ ރަމީޒް އަކީ ކުރީގެ މަޝްޙޫރު ލަވަކިޔުންތެރިއެއް ކަމަށާއި އެއީ ފޭކް ޝައިޚެއްކަމަށް ބުނެ އަލްހާން އަލީރަމީޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒަށް ފާޑު ވިދާޅުވެ. އަލްހާން އިއްޔެ ކުރި ޓްވީޓުގައި ވަނީ އަލީ ރަމީޒްއަކީ ކުރީގައި ރާއްޖޭގެ މަޝްޙޫރު ލަވަކިޔުންތެރިއެއް ކަމަށާއި އަދި އަލީ ރަމީޒައަކީ އިސްލާމް ދީން އުނގެނިގެން ހުރި ކަމަށް ބުނާ ބުހުތާނު ފޭކް ޝައިޚެއް ކަމަށެވެ. އަދި އިސްލާމް ދީނާއި ބެހޭގޮތުން އޭނާއަށް ނޭންގުނު އެއްޗެއް އަލީ ރަމީޒްއަކަށް ވެސް ނޭންގޭ ނެ ކަމަށް އަލްހާގެ ޓްވީޓުގައި ބުނެފައިވެއެވެ.

އަލްހާނުގެ މި ޓްވީޓުގައި އިތުރަށް ބުނެފައިވަނީ އިސްލާމްދީނާއި ބެހޭގޮތުން ހަމައެކަނި ނޭނގެނީ ޢަލީ ރަމީޒް ދިފާޢުކޮށް، ޕްރޮމޯޓު ކުރާ އައިއެސްއައިއެސް އާއި ބެހޭ ގޮތުން އެކަނި ކަމަށެވެ. އަދި އައިއެސް އަކީ ޢަލީ ރަމީޒު ދިފާޢުކޮށް ޕްރޮމޯޓުކުރާ ބައެއް ކަމުގައިވެސް އަލްހާން ތުހުމަތު ކުރައްވާފައިވެއެވެ.

: އަލީ ރަމީޒްއަކީ ރާއްޖޭގެ ކުރީގެ މަޝްޙޫރު ލަވަކިޔުންތެރިއެއް. އެއީ ފޭކް ޝައިޚެއް. އިސްލާމް ދީނާއި ބެހޭގޮތުން އަލީ ރަމީޒް އަހަރެއްނަނަށް އުގަންނައުދޭން ޖެހޭ އެއްޗެއް ނޯންނާނެ. އިސްލާމް ދީނާއި ގުޅޭގޮތުން އަހަރެންނަށް ނޭންގުނު އެއްޗެއް އަލީ ރަމީޒް އަކަށް ނޭންގޭނެ. ހަމަ އެކަނި ނޭންގެނީ ޢަލީ ރަމީޒް ދިފާޢުކޮށް، ޕްރޮމޯޓު ކުރާ އައިއެސްއައިއެސް އާއި ބެހޭ ގޮތުން." މާލެ ސިޓީ މޭޔަރުކަމަށް ވާދަ ކުރައްވަން އުޅޭ އަލްހާން ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޢަލީ ރަމީޒަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން މީސްމީޑިއާގައި ނުރުހުންފާޅު ކުރައްވަމުން އަލްހާން ވިދާޅުވެފައިވަނީ ބިދުޢަވެރި ފަގުޑިއެއް އަޅައިގެން މީހުންނަަށް އޮޅުވާނުލުމަށެވެ. އަލްހާންގެ މި ހުތުރު ބަސްތަކުން އަލީ ރަމީޒަށް ފާޑު ވިދާޅުވަމުން ގެންދަވާއިރު، އެތައް ބަޔަކު އަންނަނީ އަލްހާންގެ މި ފާޑުކިޔުމަށް ސޯޝަލް މީޑިއާގައި ނުރުހުންފާޅު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް