އާ ދާއިރާތަކަކާއި އެކު ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެމްއެމްސީން ކޮންމެ އަހަރު ދޭ މި އެވޯޑުގައި ނުވަ ދާއިރާއަކުން ފާހަގަކުރެވޭ ނޫސްވެރިންނަށް އެވޯޑު ދ...

10 Sep 2020 | 17:49

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެމްސީން ކޮންމެ އަހަރު ދޭ މި އެވޯޑުގައި ނުވަ ދާއިރާއަކުން ފާހަގަކުރެވޭ ނޫސްވެރިންނަށް އެވޯޑު ދެ އެވެ. މިއަހަރު އެވޯޑަށް ކުރިމަތިލާން ހުޅުވާލައި އިތުރު ދެ ދާއިރާއަކުން އެވޯޑު ދޭން ނިންމާފައިވާކަން އިއުލާނުކޮށްފައިވެ އެވެ.

މިއަހަރު އަލަށް އެވޯޑު ދޭން ނިންމާފައިވާ ދާއިރާތަކަކީ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ އާއި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ އެވެ. މީގެ ކުރިން އެވޯޑު ދެމުން އައި ދާއިރާތަކަކީ، ފޮޓޯ ޖާނަލިސްޓު، ވީޑިއޯ ޖާނަލިސްޓު، ސިޔާސީ ދާއިރާ، އިޖްތިމާއީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާގެ އިތުރުން ފީޗާ ލިޔުމުގެ ދާއިރާގެ އިތުރުން އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑެވެ.

އެމްއެމްސީން ބުނީ ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ނޫސްވެރިކަމުގެ އެވޯޑު ދޭން ފަށާފައިވަނީ 2014 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް