އެމްޑޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އެކަންކަން ހުއްޓުވައިދޭން އެމްޑީޕީގައި އެދިއްޖެ އެވެ.
ނަޝީދާއި ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގެންނެވީ އެ ޕާޓިގެ ފިޔަވަޅު އަޅާ ކޮމިޓީގެ މުގައްރިރު ޝުއައިބު އަލީ އެވެ. އޭނާ ފޮނުއްވި ސިޓީ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައި އެވެ.
ޝުއައިބު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި ސިޓީގައި ބޮޑު ދެ މައްސަލައެއްގައި ނަޝީދަށް ތުހުމަތު ކުރައްވާފައި އެވެ. އޭގެ ތެރޭގައި ފާހަގަކޮށްފައިވަނީ ބޮޑުވަޒީރު ކަމަށް ވެވަޑައިގަތުމުގެ ނިޔަތާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައި އަމިއްލަ މަސްލަހަތު އިސްކުރައްވައި، ވަޒީރުންނަށް ނުފޫޒު ފޯރުއްވުމާއި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަމަލު ކުރައްވާ ކަމުގެ ތުހުމަތެވެ.
ޝުއައިބު ވިދާޅުވީ ވަޒީރުން ޖަވާބުދާރީކުރުވާނެ ގޮތް ގާނޫނުއަސާސީގައި ބަޔާންކޮށް، އެކަމުގައި ޕާޓީން އަމަލުކުރާނެ ގޮތް އެމްޑީޕީން ބަޔާންކޮށްފައިވާއިރު މަޖިލީހުގެ މެމްބަރުން އަމަލުކުރައްވަން ޖެހޭ އުސޫލްތައް، ގާނޫނާއި އެމްޑީޕީގެ އަސާސީ ގަވާއިދުން ސާފު ކަމަށް ޝުއައިބު ވިދާޅުވި އެވެ. ކަން އެހެން އޮއްވަ ޕާޓީގެ ރައީސް، ރައީސް ނަޝީދުގެ އަމިއްލަފުޅު މަސްލަހަތަށް އަނެއްކާވެސް ޕާޓީ ގުރުބާން ކުރުމަކީ ގައްދާރުވުން ކަމުގައި ދެކެވަޑައިގެންނަވާ ކަމަށް ޝުއައިބު ވިދާޅުވެފައިވެ އެވެ.
ޝުއައިބު ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދާ ޚިލާފަށް ވަޒީރުންނަށް ފިޔަވަޅު އެޅުއްވުމަށާއި ގާނޫނީ މަސްއޫލިއްޔަތުން އެކަހެރިކުރައްވަން ކުރާއްވާ މަސައްކަތް ފެންނަނީ ބަދަލު ހިފުމުގެ ރޫހުގައި ކުރައްވާ ކަންކަމުގެ ގޮތުގައި ކަަމަށެވެ. އެއީ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ހަސަން ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ޝުއައިބު ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި މިހުރިހާ ކަމެއްގެ ސިއްރަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެސް ރައީސް ނަޝީދު ބޮޑުވަޒީީރަަކަށް ވުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް ކަމަށެވެ. އެކަމަކު އެކަން ކުރަން، ބުރަ މަސައްކަތުން އުފެއްދި ޕާޓީ ގުރުބާންކުރާކަށް ޒަމީރާއި ފިކުރު ޖާގަ ނުދޭކަމަށް ވިދާޅުވެފައިވެ އެވެ.
ނަޝީދާއި ދެކޮޅަށް ފިޔަވަޅު އަޅައިދޭން އެޕާޓީގެ މެމްބަރަކު އެދިވަޑައިގެންފައި މިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް ރައީސް ނަޝީދު އަޑީގައި ހުންނަވައި ކުރެއްވި މަސައްކަތް ނާކާމިޔާބުވެފައި ވަނިކޮށެވެ. އަދި މިހާރު ޗުއްޓީއަށް އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި ނަޝީދު ވަނީ ފައްޔާޒު މަގާމުން އިސްތިއުފާދެއްވުމަށް އެންގުމަށް އެދިވަޑައިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއެއް ފޮނުއްވާފައި އެވެ.
މިކަމާއި ގުޅިގެން ފައްޔާޒު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން އެންގުމުގެ ބާރު އޮތީ ރައީސް އިބްރާހިމް މުައްމަދު ސީލ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް