ވޭވަށު ބަނދަރުގެ 39 ޕަސެންޓު މަސައްކަތް ނިންމައިފި

މ. ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 39 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ...

10 Sep 2020 | 08:19

މ. ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 39 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ބުނީ ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ކުރަން ޖެހޭ ކޮންކްރީޓް ފާރެއް ރޭނުމުގެ 39 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. މޫރިން ރިންގްސް ހަރުކުރުމުގެ 20 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއު ނިމޭއިރު ވޭވަށު ބަނދަރުގެ 60,839 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރާނެ އެވެ. އަދި 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެ އެވެ.

380 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން 1880 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގުބައްތި ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލު ކުރީ 48.8 މިލިއަން ރުފިޔާ އަށެވެ.

މި މަސައްކަތް ހަވާލު ކުރީ މިދިޔަ އަހަރުގެ އޯގަސްޓު 19 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް