ވ. އަތޮޅުން ގދ. އަތޮޅަށް މޫސުން ގޯސް، ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ގުގުރާނެ

ވ. އަތޮޅުން ގދ. އަތޮޅާއި ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ. ވައިޓް އެލާޓު ނެރެފައިވަނީ ހެނދުނު 10:30 ން ހަވީރު 4:30 އަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އެ ސަރ...

10 Sep 2020 | 06:46

ވ. އަތޮޅުން ގދ. އަތޮޅާއި ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ.

ވައިޓް އެލާޓު ނެރެފައިވަނީ ހެނދުނު 10:30 ން ހަވީރު 4:30 އަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އެ ސަރަހައްދުގެ ރަށްތަކަށް މިއަދު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން ލަފާ ކުރާގޮތުގައި މިއަދު އިތުރުގެ އަތޮޅުތަކަށް ވާރޭ ވެހޭނީ މެންދުރު ފަހުގެ ވަގުތުތަކުގައި އެވެ.

ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. ދެކުނު އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި  18  މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެ އެވެ.

ރާއްޖޭގެ ހުރިހާ ކަނޑުތަކެއްވެސް މިއދު ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ. އެގޮތުން މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރއިރު ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އާންމުންނާއި ކަނޑު ދަތުރު ކުރާ ފަރާތްތަކަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް