ބާސާ ދުކޮށްލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަށް ސުއަރޭޒް ދޮގުކޮށްފި

ބާސެލޯނާ ދޫކޮށް އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަށް އުރުގުއޭގެ ތަޖުރިބާކާރު ފޯވަޑް ލުއިސް ސުއަރޭޒް ދޮގުކޮށްފިއެވެ. ސުއަރޭޒް ބާސެލޯނާ ދޫކޮށްލަން އުޅޭ ވާހަކަތަށް...

10 Sep 2020 | 03:09

ބާސެލޯނާ ދޫކޮށް އިޓަލީގެ ޔުވެންޓަސް އަށް ބަދަލުވާން އުޅޭ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަށް އުރުގުއޭގެ ތަޖުރިބާކާރު ފޯވަޑް ލުއިސް ސުއަރޭޒް ދޮގުކޮށްފިއެވެ.

ސުއަރޭޒް ބާސެލޯނާ ދޫކޮށްލަން އުޅޭ ވާހަކަތަށް ދޮގުކޮށްފައިވާއިރު، އޭނާ ވަނީ އެންމެ ފަހުން ބާސާއާއި އެކު ބޭއްވި ފަރިތަކުރުންތަކުގެ ފޮޓޯ ވެސް އިންސްޓަގްރާމް މެދުވެރިކޮށް މީޑިއާގައި ހާމަކޮށްފައެވެ.

ބާސާ ދޫކޮށްލަން އުޅޭ ކަމަށް ދެކެވޭ ވާހަތަށް ދޮގުކުރަމުން ސުއަރޭޒް ބުނީ އޭނާ ކުލަބު ދޫކޮށްލަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ތަކަކީ ފޭކް ޚަބަރުތަކެއް ކަމަށާއި އެއީ އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގު ކަމަށެވެ.

އިންސްޓަގްރާމު މެދުވެރިކޮށް ސުއަރޭޒް ކުރި މެސެޖުގައި ބުނެފައިވަނީ ކުރިން ބާސެލޯނާ ދޫކޮށް ދިއުމަށް ކުލަބުން ހުއްދަ ދިން ނަމަވެސް އަދި އޭނާ ހުރީ ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި ކަމަށާއި ބޭނުން ވަނީ ބާސާގައި ކެރިއަރު ނިންމާލަން ކަމަށެވެ.

ބާސެލޯނާގެ އައު ކޯޗު ރޮނާލްޑް ކޫމަން ކުލަބާއި ހަވާލުވި ހިސާބުން ބާސާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެ ކުލަބަކަށް ކުޅެމުން އައި އުމުރުން ދުވަސްވީ ކުޅުންތެރިން ވިސްކާލަން ވަނީ ނިންމާފައެވެ. އެގޮތުން ވިއްކާލަން ނިންމާފައިވާ ކުޅުންތެރިންގެ ލިސްޓުގައި ސުއަރޭޒް ހިމެނޭކަމަށް އޭރު ވަނީ ބާސާއިން ވެސް ބުނެފައެވެ.

ނަމަވެސް މެސީ ކުލަބާއި އަލުން ގުޅުނު ހިސާބުން ބާސާގެ ކުރީގެ ނިންމުންތަަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވާއިރު، މިހާރު އެކުލަބުން ވަނީ ކުރިން ވިއްކާލަން ނިންމި ބައެއް ކުޅުންތެރިންނާއި އެކު އަންނަ ސީޒަނަށް ތައްޔާރުވުމަށް ފަރިތަކުރުންތަށް ވެސް ފަށާފައެވެ.

ސުއަރޭޒް އަކީ މެސީ ކުލަބުގައި ބަހައްޓަން އެންމެ ބޮޑަށް ބޭނުންވި އެއް ކުޅުންތެރިޔާއަށް ވީއިރު، އަންނަ ސީޒަނުގައިވެސް ބާސާއިން ސުއަރޭޒް ފެނިގެން ދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ސުއަރޭޒް ބާސާ ދުކޮށްލަން އުޅޭކަމަށް މީޑިއާގައި ޚަބަރު ފެތުރެން ފެށުމާއި އެކު އޭނާ ގަތުމަށް ގިނަ ކުލަބުތަކަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން އިޓަލީގެ ޔުވެންޓަސް އާއި ސުއަރޭޒްގެ ކުރީގެ ކުލަބު އަޔެކްސް އާއި އިންޓަމިލާން އިން ވަނީ ސުއަރޭޒް ގެންދިއުމަށް މަސައްކަތް ވެސް ކޮށްފައެވެ.

ނަމަވެސް ސުއަރޭޒް އިންސްޓަގްރާމް މެދުވެރިކޮށް މީޑިއާއަށް ކުރި މެސެޖުގައި ބުނެފައިވާ ގޮތުން އޭނާ އަދިވެސް ހުރީ ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ސުއަރޭޒް އަކީ ބާސާގެ ތިންވަނަ އަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ. ލިވަޕޫލް އިން 2014 ވަނަ އަހަރު ބާސެލޯނާ އާއި ގުޅުނު ސުއަރޭޒް ވަނި މިހާނަތަނަށް ބާސާއަށް ކުޅުނު 191 މެޗުގައި 147 ލަނޑު ޖަހައި ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް