ލ. ގަމު ތުނޑީ އަވަށާއި ދިމާލުން ދަތުރު ކުރަމުން ދަނިކޮށް އަލިފާން ރޯވި "ވިންދު" ދޯނިން ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވަ ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ މީހާ މަރުވެފައި އޮއްވަ ފެނުނީ އެ ސަރަހައްދުގެ ކަނޑުގެ 48 މީޓަރު އަޑިން ކަމަށެވެ. މިހާރު އެމީހާ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތުދެ އެވެ.
އެ ދޯނީގައި އަލިފާން ރޯވެ އަޑިއަށް ދިޔަ އިރު 10 މީހަކު ތިއްބެވެ އެއީ ދިވެއްސަކާއި ނުވަ ބިދޭސީ އެކެވެ.
އަލިފާން ނިއްވާލުމުގެ މަސައްކަތުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑިއެފުން ބުނީ ދޯނީގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލު ކުރެވިފައިވާ ކަމަށެވެ. އަލިފާން ރޯވުމުގެ ސަބަބުން ދޯންޏަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް