ޖެނީވާގެ އދ. އޮފީހުގެ ދާއިމީ މަންދޫބަކަށް ޑރ. އާސިމް

އދ. ގެ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބަކަށް، ޑރ. އާސިމް އަހުމަދު މިއަދު އައްޔަން ކުރައްވައިފި އެވެ. އޭނާ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރަ...

10 Aug 2020 | 12:01

އދ. ގެ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބަކަށް، ޑރ. އާސިމް އަހުމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.

އޭނާ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ މަގާމަށް އައްޔަން ކުރުމާއި ހަމައަށް ޑރ. އާސިމް ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރު އެޓް ލާޖްގެ މަގާމުގައެވެ.

ޑރ. އާސިމް ވަނީ މީގެ ކުރިން މިނިސްޓަރު އޮފް އެޑިއުކޭޝަންގެ މަގާމު އަދާ ކުރައްވާފައި އެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސްކަމުގެ މަގާމާއި، އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އަރުވާ ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

ޑރ. އާސިމް އަކީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލާ އޮފް އާޓްސްގެ އިތުރުން، މާސްޓާ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރު އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް