ލ. ގަމުން މީހަކު ކޯވިޑަށް އަދި ޕޮޒިޓިވެއް ނުވޭ: ގަމު ކައުންސިލް

ލ. ގަމުން ކޯވިޑް-19 އަށް އަދި މީހަކު ޕޮޒިޓިވް ވެފައިނުވާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. އެ ރަށު ކައުންސިލުން މިހެން ބުނެފައިވަނީ ގަމުގައި ދެމީހަކު ޕޮޒިޓިވް ވެފައިވާކަމަށްބުނެ ދެން އޮންލައިންގަ...

10 Aug 2020 | 10:46

ލ. ގަމުން ކޯވިޑް-19 އަށް އަދި މީހަކު ޕޮޒިޓިވް ވެފައިނުވާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

އެ ރަށު ކައުންސިލުން މިހެން ބުނެފައިވަނީ ގަމުގައި ދެމީހަކު ޕޮޒިޓިވް ވެފައިވާކަމަށްބުނެ ދެން އޮންލައިންގައި ލިޔެފައިވާ ހަބަރަކާއި ގުޅޭގޮތުން ލިޔެފައިވާ ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ބުނެފައިވަނީ ގަމު އެއްވެސް މީހަކު އަދި ފައްސިވެފައިނުވާކަމަށާއި، މި ބޯޓަކީ މި މަހުގެ ތިންވަނަ ދުވަހު ގަމު ބަނދަރުން ފުރާފައިވާ ބޯޓެއް ކަމަށެވެ.

"ފައްސިވެފައިވަނީ މާލެގެ މަގުމަތިން ނެގި ރޭންޑަމް ސާމްޕަލެއް، ބޯޓުގެ ދެ ބިދޭސީއެއްގެ ސާމްޕަލުން އެއް ސާމްޕަލް ޕޮޒިޓިވް ވީ" ކައުންސިލުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ އެ ބިދޭސީމީހާވެސް ފައްސި ކަމަށް ކަނޑައަޅާނީ މިހާރު ނަގާފައިވާ ދެވަނަ ސާމްޕަލްގެ ނަތީޖާ ލިބުމުން ކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ބޯޓަކީ ގއ. ވިލިނގިލީ އޭ.ކޭ އެކްސްޕްރެސް ބޯޓެވެ. އެ ބޯޓު މިވަގުތު އޮތީ މޮނީޓަރިން ހާލަތުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް