ލ. ގަން ކައިރިން ދޯންޏެއްގައި އަލިފާން ރޯވެ މީހަކު ގެއްލިއްޖެ

ލ. ގަމު ބޭރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ އަޑިއަށް ހިނގައްޖެ އެވެ. މީޑިއާއަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ ލ. ގަމު ތުނޑިއާ ދިމާލުން، ރޯވެ ދޯންޏެއް އަޑިއަށް ދާ ކަމުގެ ރިޕޯޓު ކުރީ...

10 Aug 2020 | 10:13

ލ. ގަމު ބޭރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެ އަޑިއަށް ހިނގައްޖެ އެވެ.

މީޑިއާއަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ ލ. ގަމު ތުނޑިއާ ދިމާލުން، ރޯވެ ދޯންޏެއް އަޑިއަށް ދާ ކަމުގެ ރިޕޯޓު ކުރީ މިއަދު މެންދުރު ފަހު 3:00 ގައި ކަމަށެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެ ސަރައްދުގައި ހަރަކާތްތެރިވާން ފަށާފައިވާކަމަށް ބުނެ އެވެ.

އެ ބޯޓުގައި އަލިފާން ރޯވެ އަޑިއަށް ދިޔަ އިރު ދިވެއްސަކާއި ނުވަ ބިދޭސީން ތިއްބެވެ. އެމްއެންޑީއެފުން ބުނީ އޭގެ ތެރެއިން އެއް ބިދޭސީ އަކު ގެއްލިފައިވާ ކަމަށެވެ.

އަދި ސިފައިން އެ ސަރަހައްދުގެ ކަޑު އަޑި ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް