އެސްއެމްއީ ބޭންކު މެދިވެރިކޮށް މިހާތަނަށް 14 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފައިވާ ކަމަށް އެބޭންކުން ބުނެފިއެވެ.
އެސްއެމްއީ ބޭންކުން ބުނީ 14،158،393 (ސާދަ މިލިއަން އެއްލައްކަ ފަންސާސްއަށްހާސް ތިން ސަތޭކަ ނުވަދިހަ ތިން) ރުފިޔާގެ ލޯން މިހާތަނަށް އައިއިރު ދޫކޮށްފައިވާ ކަމަށާއި، 51 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދިނުމަށް އެސްއެމްއީ ބޭންކު މެދުވެރިކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފެއްދި އެސްއެމްއީ ބޭންކުގެ ޚިދުމަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.
https://twitter.com/SDFC_mv/status/1292429349937807361
އެ ބޭންކުން އާންމު ކުރި ހިސާބު ތަކުން ދައްކަ ގޮތުގައި، 51،383،453 (ފަންސާން އެއް މިލިއަން ތިން ލައްކަ އަށްޑިހަ ތިން ހާސް ހަތަރު ސަތޭކަ ފަންސާސް ތިން) މިލިއަން ރުފިޔާގެ ލޯނު 49 އަންހެނުންނަށް އެމީހުންގެ އެކި ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ދިނުމަށް ނިންމާފައިވެއެވެ. އަދި މިހާތަނަށް މި ލޯނު ވަނީ 25 މީހަކަށް ދޫކޮށްފައެވެ.
މީގެއިތުރުން މެނިފެކްޗަރިންގގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ދަތުރުފަތުރުކުރުމުގެ ދާއިރާއިންވެސް އަންހެން ވިޔަފާރިވެރިންނަށް ވަނީ އެސްއެމްއީ ބޭންކުން ލޯނު ދޫކޮށްފައެވެ. އަދި ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އުފެއްދި އެސްއެމްއީ ބޭންކުގެ ޚިދުމަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް