ފިނޮޅަކަށް ހަތް މީހުންނާއި އެކު ދިޔަ ލޯންޗެއް ބަންޑުން ޖަހާލައިފި

ކ. ކޮއްދިއްޕަރު ކައިރީ އޮތް ފިނޮޅަކަށް ދިޔަ ލޯންޗެއް ބަންޑުން ޖަހާލައިފި އެވެ. ލޯންޗު ބަންޑުން ޖަހާލި އިރު އޭގައި ދިވެހި ހަތް ފިރިހެނުން ތިއްބެވެ. އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މިއ...

10 Aug 2020 | 09:20

ކ. ކޮއްދިއްޕަރު ކައިރީ އޮތް ފިނޮޅަކަށް ދިޔަ ލޯންޗެއް ބަންޑުން ޖަހާލައިފި އެވެ.

ލޯންޗު ބަންޑުން ޖަހާލި އިރު އޭގައި ދިވެހި ހަތް ފިރިހެނުން ތިއްބެވެ. އެމްއެންޑީއެފުން ބުނީ ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 1:14 ހާއިރު ކަމަށެވެ.

ލޯންޗު އަޑިއަށް ދިޔައިރު އޭގައި ތިބީ ހަތަރު މީހުންނެވެ. އަނެއް ތިން މީހުން ތިބީ އެ ފިނޮޅަށް އަރައެވެ.

ލޯންޗު އަޑިއަށް ދިޔަ ކަމަށް ވަނީ ލޯންޗުގައި ދިޔަ ބޮޑުވެގެންނެވެ. ބެލެވޭ ގޮތުގައި އެމީހުން ފިނޮޅަށް ދިޔައީ މޫދަށް އެރި މަޖާ ކުރާށެވެ.

އެ ސަރަހައްދުގައި މިހާރު ކޯސްޓު ގާޑުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މި ދުވަސްވަރު މޫސުން ގޯސްކަމުން ދަތުރު ފަތުރުކުރުމުގައި ސަމާލުވުމަށް މެތް އޮފީހުންނާއި ކޯސްޓު ގަޑުން ވަނީ އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް