ކަޅުބިލަމަސް ގަތުމުގެ ފުރުސަތު އާ ކުންފުނިތަކަށް ހުޅުވާލައިފި

ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުސަތު ހުޅުވާލައި އާ ކުންފުނިތަކުންވެސް މަސް ގަތުމުގެ ފުރުސަތު ސަރުކާރުން ހުޅުވައިލައިފިއެވެ. ފިޝަރީޒް މިނިސްޓްރީން އާދިއްތަ ދުވަހު ކުރި އިއުލާނެއް...

10 Aug 2020 | 08:51

ކަޅުބިލަމަހުގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުސަތު ހުޅުވާލައި އާ ކުންފުނިތަކުންވެސް މަސް ގަތުމުގެ ފުރުސަތު ސަރުކާރުން ހުޅުވައިލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނީ މަސްވެރިކަން ކުރިއެރުވުމުގެ ގޮތުން ހިންގާ މި މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ މަސްވެރިން ބާނާ ހުރިހާ މަހެއް ގަނެވޭނެ މަގު ތަނަވަސްކޮށްދީ، ބާނާ ހުރިހާ މަހުން އަގު އެއްކުރި އުފެއްދުންތައް އުފައްދައި ރާއްޖޭގައި ބާނާ މަހުން އިތުރު ނަފާ ލިބިދޭނެ މަގު ތަނަވަސް ކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

ސަރުކާރު ރަސްމީ ގަޑީގައި ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުން، މި މަޝްރޫއުގެ ދަށުން ކަޅުބިލަމަސް ގަތުމުގެ ހުއްދަ ދިނުމުގައި ބަލާނެ ހަމަތައް އަދި ހުއްދައަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ގޮތުގެ އުސޫލު ސަރުކާރު ރަސްމީ ލިބެން ހުންނާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި މަޝްރޫއަށް އެދި ހުށަހަޅާ ޕްރޮޕޯސަލް ބަލައިގަންނާނީ ރަސްމީ ގަޑީގައި ފިޝަރީޒް މިނިސްޓްރީގެ ކައުންޓަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް