ސިވިލް ސާވިސް ކޮމިޝަނުން ހުސްވެފައިވާ ހަތަރު މަގާމަށް41 މީހަކު ކުރިމަތި ލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސީއެސްސީއަށް ކުރިމަތިލާން ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން 41 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށާއި އެ ފަރާތްތަކުން ފޮނުވަން ޖެހޭ ހުރިހާ މައުލޫމާތެއް ފުރިހަމައަށް ފޮނުވާފައިވާ ކަމަށެވެ.
އެކަން އިއުލާނު ކުރެއްވުމަށް ފަހު ނަޝީދު ވަނީ އެ ނަންތައް ދިރާސާ ކުރުމަށް މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވާފައި އެވެ.
ސީއެސްސީގެ ހަތަރު މެންބަރު ކަމުގެ ހަތަރު މަގާމު ހުސްވީ މިނިވަން މުއައްސަސާތަކުން އެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އަދި އިތުރު ދެ މެމްބަރަކު ވަކި ކުރަން ނިންމާފައި ވަނިކޮށް އެ މެމްބަރުން އިސްތިއުފާ ދެއްވުމުންނެވެ.
ސީއެސްސީއަށް ކުރިމަތިލާން މަޖިލީހުން ދެ ފުރުސަތެއް ހުޅުވާލި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް