މޯލްޑިވިއަނުން މިމަހު ބެންކޮކަށް ހާއްސަ ދަތުރެއް ކުރަނީ

މޯލްޑިވިއަން އިން މިމަހުގެ 20 ވަނަ ދުވަހު ތައިލެންޑުގެ، ބެންކޮކަށް ހާއްސަ ދަތުރެއް ކުރުމަށް ނިންމައިފިއެވެ. ތައިލެންޑުގެ، ބެންކޮކަށް ހާއްސަ ދަތުރެއް ކުރުމަށް އެއާލައިނުން ވަނީ ދަތުރުކުރަން ބޭނުންވާ ފަ...

10 Aug 2020 | 04:34

މޯލްޑިވިއަން އިން މިމަހުގެ 20 ވަނަ ދުވަހު ތައިލެންޑުގެ، ބެންކޮކަށް ހާއްސަ ދަތުރެއް ކުރުމަށް ނިންމައިފިއެވެ.

ތައިލެންޑުގެ، ބެންކޮކަށް ހާއްސަ ދަތުރެއް ކުރުމަށް އެއާލައިނުން ވަނީ ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ޓިކެޓު ވިއްކަން ފަށާފައެެވެ. މޯލްޑިވިއަން އިން ބުނީ، ހަމަ އެދުވަހު ބެންކޮކުން ރާއްޖެއަށް އަންނަން ބޭނުންވާ ފަރާތްތަކަށްވެސް އެފުރުސަތު އޮންނާނެކަމަށެވެ

މޯލްޑިވިއަންގައި ބެންކޮކަށް ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ޓިކެޓު ގަންނަން ޖެހޭނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

https://twitter.com/MaldivianAero/status/1292379534591918080

ކޯވިޑް-19 އާއި ގުޅިގެން ބެންކޮކުގެ ބޯޑަރުވަނީ ފަތުރުވެރިންނަށް ބަންދުކޮށްފައެވެެ. އެހެން ނަމަވެސް ތައިލޭންޑު ވިސާއަކާއެކު އެޤައުމަށް އެތެރެވެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް