ނޯރާ ފަތޭހީގެ ފޮލޯވަރުންގެ އަދަދު 50 މިލިއަނަށް

ބޮލީވުޑްގެ އެއް ނަމްބަރު "އައިޓަމް ގާލް" ގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ، ނެށުންތެރިޔާ ނޯރާ ފަތޭހީގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 50 މިލިއަނަށް އަރައިފިއެވެ. މިކަން އޭނާ ފާހަގަކޮށްފައިވަނީ އި...

10 Aug 2020 | 03:03

ބޮލީވުޑްގެ އެއް ނަމްބަރު "އައިޓަމް ގާލް" ގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ، ނެށުންތެރިޔާ ނޯރާ ފަތޭހީގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 50 މިލިއަނަށް އަރައިފިއެވެ.

މިކަން އޭނާ ފާހަގަކޮށްފައިވަނީ އިންސްޓަގްރާމަށް ދޫކުރި ފޮޓޯއަކާއިއެކުގައެވެ.

https://www.instagram.com/p/CDqsoHWpzHT/

ކެނެޑާއަށް ނިސްބަތްވާ މި ނެށުންތެރިޔާ ބޮޑަށް މަޝްހޫރުވެގެން ގޮސްފައިވަނީ ފިލްމުތަކުގެ އައިޓަމް ލަވަތަކުންނެވެ. ހާއްސަގޮތެއްގައި ފާއިތުވި ދެތިން އަހަރު ނިކުތް، ނޯރާ ފަތޭހީގެ ގިނަ ލަވަތަކެއް ވަރަށް ބޮޑަށް އާންމުންގެ މެދުގައި މަގްބޫލުވެގެން ގޮސްފައިވެއެވެ.

އޭގެ ތެރޭގައި "ސަތްޔަމޭވަޖަޔަތޭ" ގެ "ދިލްބަރު ދިލްބަރު"، "މަރްޖާނވާ"ގެ "އެކް ތޮ ކަމް ޒިންދުގާނީ" ފަދަ ލަވަތައް ހިމެނެއެވެ. އަދި "ސްޓްރީޓް ޑާންސަރ 3ޑީ" ފިލްމުގައި ނޯހާ ކުޅުނު ރޯލަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

ނޯރާ އަންނަނީ މިހާރުވެސް ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ "ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ.

އަޖޭ ދޭގަން އާއި ސަންޖޭދަތު އަދި ސޮނާކްޝީ ސިންހާ ފެނިގެންދާނެ މި ފިލްމަކީ ހަނގުރާމަމަތީ ތީމަކަށް ކުޅޭ ފިލްމެކެވެ. ކޯވިޑް-19 އާއި ގުޅިގެން މި ފިލްމުގެ ޝޫޓިން ވަނީ މެދުކެނޑިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް