މިއަދުވެސް މޫސުން ގޯސް

ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައިގާ މިއަދުވެސް މޫސުން ގޯސްކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ. އެގޮތުން މިރެއާއިހަމައަށް ލަފާކޮށްފައިވާ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަ...

10 Aug 2020 | 02:12

ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައިގާ މިއަދުވެސް މޫސުން ގޯސްކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

އެގޮތުން މިރެއާއިހަމައަށް ލަފާކޮށްފައިވާ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށިގެންވާކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު ހަ މޭލާއި 16 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގެ އުސްމިނެއްގައި ހުންނާނެކަމަށް ލަފާކޮށްފައިވާއިރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް އަތޮޅުތަކަށް އުދައެރުން އެކަށީގެންވާކަމަށާއި ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދަންނަވާކަމުގައިވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް