ހދ. ނޮޅިވަރަމް އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ނޮޅިވަރަމް އިން އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ މާލެ އިން އެ ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. އެމީހާއަކީ ނޮޅިވަރަމުން އިއްޔެ އެރަށުން ކޮވިޑް-19 އަށް ފައްސިވި މީހާގެ ބޭބެއެވެ. ދެމީހުން ވެސް ތިބީ މާލެ އިން ރަށަށް ގޮސް ގޭގައި ކަރަންޓީން ވެގެންނެވެ. އެމީހުން ރަށަށް ދިޔައީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.
އެނގިފައިވާ ގޮތުގައި އެ ދެ މީހުންނާއި އެކު އަދި އިތުރު މީހަކު ވެސް އެ ގޭގައި ހޯމް ކަރަންޓީންވެފައި ވެއެވެ. ނަމަވެސް ތިން މީހުން ވެސް އުޅުމުން އަންނަނީ ތިން ކޮޓަރީގައި ކަމަށާއި އެ ގޭގައި އިތުރު އެހެން މީހަކު ނޫޅޭ ކަމަށް ވެސް ވަނީ އެނގިފަ އެވެ.
އެ ރަށުން ފުރަތަމަ ޕޮޒިޓިވްވި މީހާ ރަށަށް ދިޔުމުގެ ކުރިން މާލޭޭގައި ރެންޑޮމް ސާމްޕަލިންގެ ތެރެއިން އޭނާގެެ ސާމްޕަލް ނަގައި ސާމްޕަލްގެ ނަތީޖާލިބި، ބައްޔަށް ޕޮޒިޓިވްކަން އެޗްޕީއޭ އިން އެންގީ އިއްޔެ އެވެ.
ނޮޅިވަރަމުން ދެމީހަކު ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އެރަށް މޮނިޓަރިންގެ ހާލަތަކަށް ނުލާނެއެވެ. ސަބަބަކީ ކޮވިޑް-19 އަށް ފައްސިވި މީހުންނަކީ ކަރަންޓީންގައި ތިބި މީހުން ކަމަށް ވާތީއެވެ.
މީގެ ކުރިން ގއ. މާމެންދޫ އަށް ހޯމް ކަރަންޓީނަށް ދިޔަ ބަޔަކުވެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް