ތޮއްޑޫގައި ހޯމް ކަރަންޓީންގައި ހުރި ކުޑަ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އއ. ތޮއްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވް ވެފައިވަނީ އުމުރުން ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. އޭނާ އަކީ މާލެއިން އެ ރަށަށް ގޮސް ހޯމް ކަ...

10 Jul 2020 | 17:46

އއ. ތޮއްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ކުޑަ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕޮޒިޓިވް ވެފައިވަނީ އުމުރުން ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. އޭނާ އަކީ މާލެއިން އެ ރަށަށް ގޮސް ހޯމް ކަރަންޓީނުވި ކުއްޖެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ކުއްޖާ ޕޮޒިޓިވް ކަން އެނގުނީ ރަށަށް ގޮސް ހޯމް ކަރަންޓީނުވެ 14 ދުވަސް ހަމަވުމުން ހޯމް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ނެގި ޓެސްޓުންނެވެ.

އެ ކުއްޖާއާއެކު އިތުރު ހަތަރު މީހަކު އެ ރަށަށް ދިޔަ ނަމަވެސް އެ މީހުންގެ ސާމްޕަލް ވަނީ ނެގަޓިވް ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް