މާލެއިން އަންހެން ޓީޗަރަކު ގެއްލިގެން ހޯދަނީ

މާލޭގެ ސްކޫލެއްގެ އަންހެން ޓީޗަރަކ ގެއްލިގެން ހޯދަން ފަށައިފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ މަރިޔަމް ޝައްމަ ނަމަކަށް ކިޔާ އަންހެން ޓީޗަރެކެވެ. އިތުރަށް ދުވަހ...

10 Jul 2020 | 17:02

މާލޭގެ ސްކޫލެއްގެ އަންހެން ޓީޗަރަކ ގެއްލިގެން ހޯދަން ފަށައިފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ މަރިޔަމް ޝައްމަ ނަމަކަށް ކިޔާ އަންހެން ޓީޗަރެކެވެ.

އިތުރަށް ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ކޯވިޑް-19ގެ ކަންތައް ފެށުނު ފަހުން އެ ޓީޗަރު ސްކޫލަށް ހަބަރެއް ވެފައެއް ނުވެއެވެ. އަދި ނިއު ނޯމަލަށްފަހުވެސް ސްކޫލަށް ހަބަރެއް ވެފައެއް ނުވެއެވެ.

އެހެންނަމަވެސް ރޭގެ ވަގުތެއްގައި އޭނާ ގެއިން ނިކުތީ ސްކޫލު މީޓިން އަކަށް ކަމަށް ބުނެ ކަމަށް އާއިލާއާއި ހަވާލާދީ ފެށުން ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ ރިލޭޝަން އޮފިސަރު، ޗީފް ސްޓޭޝަން އިންސްޕެކްޓަރު އާތިފާ ހަސަން ވިދާޅުވީ އުމުރުން 32 އަހަރުގެ އަންހެނަކު ގެއްލިގެން އާއިލާގެ ފަރާތުން މިއަދު ހެނދުނު 09:48 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންގެ ސީސީޓީވީ ކެމެރާތަކުގެ އެހީގައި އަދި އެހެނިހެން ގޮތްގޮތުން ދަނީ ކުރަމުން ކަމަށެވެ.

"އެގޮތުން ކުރި މަސައްކަތުން މާލޭގަ އާއި ހުޅުމާލޭގައި އޭނާ އުޅޭކަމަށް މައުލޫމާތު ލިބިފައިވޭ" އާތިފާ ވިދާޅުވިއެވެ.

އާތިފާ އިތުރަށް ވިދާޅުވީ މީޑިއާތަކުގައި އޭނާގެ މައުލޫމާތު ހާމަކޮށް ގެއްލިގެން ހޯދަން އިއުލާނު ކުރަން ބޭނުން ނުވާކަމަށް އާއިލާއިން ވަނީ ބުނެފައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް