މަސައްކަތް ކުރުމަށްފަހު ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައިގައި އިންސާފު ބޭނުންވާ ބިދޭސީ މަސައްކަތްތެރިން މިއަދު ހަވީރު ޗާންދަނީ މަގު ހަތަރު އަނގޮޅި ކަންމައްޗަށް އެއްވުމަށް ގޮވާލައިފިއެވެ.
ރާއްޖޭގައި އެތައް މަހެއް ވަންދެން ބިދޭސީންނަށް މުސާރަ ނުދީ، އެމީހުންނަށް ފިއްތުންތައް ކުރިމަތި ކުރުވާ ކަމަށް ބުނެ މިއަދު ހަވީރު 4:00ގައި ޗާންދަނީ މަގު ހަތަރު އަނގޮޅި ކަންމައްޗަށް އެއްވެ މުޒާހަރާ ކުރުމަށް ގޮވާލާފައި ވަނީ ސޯޝަލް މީޑިއާގައެވެ. ފޭސްބުކްގައި ހަދާފައިވާ ގްރޫޕެއްގައި ގިނަ އަދަދެއްގެ ބިދޭސީން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މި ޕޯސްޓާއި ގުޅިގެން ރާއްޖޭގައި ހުންނަ ބަންގލަދޭޝް ހައި ކޮމިޝަނުންވެސް ވަނީ ރައްދު ދެއްވާފައެވެ. އެ ކޮމިޝަނުން ބުނީ، މިފަދަ އެއްވުންތަކާއި މުޒާހަރާތައް ނުބެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި އެބެފުޅުން މައްސަލައެއް ވާނަމަ އެ ކޮމިޝަނަށް ހުޅައެޅުއްވުން އެދޭކަމަށެވެ.
މައްސަލަ ހައްލު ކުރައްވަން ކަމާ ބެހޭ ސަރުކާރުގެ ވުޒާރާތަކަށްވެސް އެންގުމަށް ކޮމިޝަނުން ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
އިއްޔެ ހަވީރު އާޓިފިޝަލް ބީޗުގައިވެސް ބިދޭސީން ވަނީ މުޒާހަރާކޮށްފައެވެ. ނަމަވެސް ހަމަނުޖެހުން ހިންގައި އަޑު އުފުލުން ފަދަ އެއްވެސް ކަމެއް ނުކުރެ އެވެ. އެތަނަށް 200 ވަރަކަށް މީހުން އެއްވުމާ އެކު ފުލުހުން ގޮސް އެކަން ވަނީ ހުއްޓުވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް