ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑައިރެކްޓަރު ހަސަން އިސްމާއިލް އާއި ދެކޮޅަށް ފުލުހުންނަށް ހުށަހަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަންގަވައިފި އެވެ.
އޭނާ އާއި ދެކޮޅަށް އެ މައްސަލަ ހުށަހެޅީ "ދި އެޑީޝަން"ގެ ނޫސްވެރިޔާ އަދި އެމްޑީޕީގެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުނައްވަރުގެ ދަރިކަނބަލުން ރާއީ މުނައްވަރެވެ. ރާއީ ޓުވިޓާގައި ބުނެފައިވާގޮތުގައި ހަސަން އިސްމާއިލްގެ ޖިންސީ ފުރައްސާރައިގެ މައްސަލަ ރައީސް އޮފީސް، ފުލުހުން އަދި އޭސީސީއަށް ހުށަހެޅި ކަމަށެވެ.
އެ މައްސަލަ ހުށަހެޅި ކަމަށް ބުނެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެކަމަކު މިހާތަނަށް އެ މައްސަލަ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
ޓުވިޓާގައި މިކަން ހާމަ ކުރުމުން ސީޕީ ހަމީދު އޭނާއަށް ޖަވާބުދެއްވައި ވިދާޅުވީ އެ މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުވާފައި ވާކަމަށެވެ. ސީޕީ ވިދާޅުވީ އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންކަމަށެވެ.
އަދި އޭނާ ވަނީ އެ މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް އަންގާފައި ކަމަށް ވިދާޅުވެފައިވެ އެވެ.
https://twitter.com/M_Hameedh/status/1281488798350630917
ސީޕީ ހަމީދުގެ މި ޓުވީޓާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތަފާތު ކުރުމެއް ނެތި ޖިންސޯ ގޯނާގެ ހުރިހާ މައްސަލައެއް ބަލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް