ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތަކެއްގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަދާކޮށްފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ ކަނޑުގައި އުފެދިފައިވާ އެ ބާނިތައް ދަތުރު ކުރަމުންދަނީ ރާއްޖެއާއި ދުރުން ކަމަށެވެ. އެކަމަކު އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ މި ބާނިތަކުގެ ސަބަބުން ކުރިޔަށް އޮތް ތިން ދުވަހު ރާއްޖޭގެ ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެގޮތުން ބާނިތައް ދަތުރު ކުރަމުންދާ ގޮތަށް ބަލާއިރު އުދަ އެރުމުގެ ފުރުސަތު ބޮޑީ މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް ކަމަށް ބުނެ އެވެ.
ދިޔަވަރު ބޮޑޫވާ ވަގުތު މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ. މެޓް އޮފީހުން ބުނީ ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ މީހުންނާއި މޫދަށް އެރި އުޅުމުގައި ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މީގެ އިތުރުން ފަޅުތެރޭގައި އަޅާފައި ހުންނަ އުޅަނދުތަކުގެ ރައްކާތެރި ކަމަށް ސަމާލުވުމަށް އިލްތިމާސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް