އިންޑިއާގައި ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިންޑިއާގެ ގޯއާގައި ހުރި ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެގޮތުން، ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ޕޮޒިޓިވް ވެފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ މ...

10 Jul 2020 | 04:05

އިންޑިއާގެ ގޯއާގައި ހުރި ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެގޮތުން، ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ޕޮޒިޓިވް ވެފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ މީގެ ތިން މަސް ކުރިން އިންޑިއާއަށް ދިޔަ މީހެއް ކަމަށާއި އިންޑިއާގައި އޭނާ ހުރީ އޭނާގެ އަނބިމީހާއާއި އެކުގައި ކަމަށްވެސް ބުނެފައިވެއެވެ.

އެ ނޫހުގައި ބުނެފައިވަނީ އޭނާގެ އަނބިމީހާގެ ސާމްޕަލް ނަގައި ޓެސްޓް ކުރަން މިހާރު ފޮނުވާފައިވާއިރު އިންޑިއާ ލޮކްޑައުން ކޮށްފައި އޮތުމުން އެމީހުން މާ ގިނައިން ބޭރަށް ނިކުމެފައިނުވާކަމަށާއި ކޮންޓެކްޓް ވެފައިވަނީ 13 މީހަކާއި ކަމަށެވެ. އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް