އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް 18 ނަރުހަކު ހޯދަން އިއުލާނުކޮށްފިއެވެ.
އެ ހޮސްޕިޓަލުން މި 18 ނަރުހުން ހޯދަން އިއުލާނުކޮށްފައިވަނީ ދާއިމީ ނަރުހުންގެ ގޮތުގައެވެ. މި ނަރުހުން މަސައްކަތް ކުރަމުންދާނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުން ހިނގަމުންދާ ޞިއްހީމަރުކަޒުތަކުގައި ކަމުގައި އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
އެ ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ޖޫން 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ކަމަށާއި އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ކަމުގައި ބުނެފައިވެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6885045 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެ ހޮސްޕިޓަލުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް