ދިރާގުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯއްދެވުމަށް ދިރާގު "މައި އެކައުންޓް"

ދިރާގަކީ ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ޓެކްނޮލޮޖީ އާއި ދިރިއުޅުމުގެ ވައްޓަފާޅި އަށް އަންނަ ބަދަލުތަކާ އެއް ބާރުމިނެއްގައި ކުރިއަރަމުން އަންނަ ރާއްޖޭގެ ޑިޖިޓަލް ލީޑަރެވެ. ދިރާގުން އަބަދުވެސ...

10 Jun 2020 | 10:03

ދިރާގަކީ ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ޓެކްނޮލޮޖީ އާއި ދިރިއުޅުމުގެ ވައްޓަފާޅި އަށް އަންނަ ބަދަލުތަކާ އެއް ބާރުމިނެއްގައި ކުރިއަރަމުން އަންނަ ރާއްޖޭގެ ޑިޖިޓަލް ލީޑަރެވެ. ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމަށެވެ.

އެގޮތުން، މި ދުވަސްވަރަކީ ޑިޖިޓަލް ޚިދުމަތްތަކުގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ދުވަސްކޮޅެއް ކަމުގައި ވުމުން ގޭގައި ތިބެގެން އޮންލައިންކޮށް ދިރާގުގެ ހުރިހާ ޚިދުމަތްތައް ބެލެހެއްޓުމަށް ނުވަތަ މެނޭޖުކުރުމަށް ދިރާގު ވެބްސައިޓުގައިވާ "މައިއެކައުންޓް" އަކީ ދިރާގު ކަސްޓަމަރުންނަށް ވަރަށް މުހިންމު އަދި ކަސްޓަމަރުންގެ ބޭނުންތަކަށް ވަރަށް ބަލައިގެން ފަރުމާކޮށްފައިވާ ޚިދުމަތެކެވެ. ގޭގެ އިންޓަނެޓް ޕެކޭޖް ބަދަލުކޮށް، މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖްގެ ތަފުސީލު ބަލާލައި، ބިލް ދައްކާ އަދި ދިރާގުގެ އެކި އެކި ޚިދުމަތަތަކަށް އެދުމަށް ކަސްޓަމަރ ކެއަރ ސެންޓަރު ތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިން ކޮށް އެޕްލައި ކުރުން ފަދަ ގިނަ ފަސޭހަތައް މައިއެކައުންޓް ޚިދުމަތުން ކަސްޓަމަރުންނަށް ލިބިގެން ދެއެވެ.

ދިރާގު މައި އެކައުންޓް (My Account) ޚިދުމަތް ބޭނުން ކުރުމަށް އެންމެ ފުރަތަމަވެސް ދިރާގު ވެބްސައިޓަށް ޒިޔާރަތްކޮށްލައްވާފައި، ކަނާތްފަރާތުގެ އެންމެ މަތީ ކަނުގައިވާ "މައިއެކައުންޓް" އަށް ފިއްލާތުމަށްފަހު ރިޖިސްޓަރ ކޮށްލާށެވެ. https://www.dhiraagu.com.mv/ocs/register.aspx

ރެޖިސްޓަރ ކުރުމަށްފަހު، އެކައުންޓަށް ލޮގިން ވެލާފައި މައި އެކައުންޓްގެ ޚިދުމަތްތަށް ބޭނުން ކުރެވޭނެއެވެ.

ދިރާގު މައި އެކައުންޓް މެދުވެރިކޮށް ދިރާގުގެ އެކި ޚިދުމަތްތައް ލިބިގަންނާނެ ގޮތާ، މައި އެކައުންޓުން ކުރެވޭނެ ގިނަ ކަންތައްތައް:

01- ބިލް ދައްކާލުން

ހ. މައިއެކައުންޓަށް ލޮގިން ކޮށްލުމާއެކު މި ޚިދުމަތް މެދުވެރިކޮށް ކުރެވޭނެ ގިނަ ކަންތައްތައް ހޯމް ޕޭޖުން ފެނިގެންދާނެއެވެ. އެގޮތުން، އެންމެ ފުރަތަ ކަމަކަށް ބިލްތައް ދައްކާލުން ހިމެނެއެވެ.

ށ. “Pay Bills” އަށް ފިއްތާލުމުން އެ ކަސްޓަމަރ އެއްގެ ނަންމަތީގައި ނަގާފައިވާ ހުރިހާ ދިރާގުގެ ޚިދުމަތްތަކުގެ ބިލުތައް ފެނިގެން ދާނެއެވެ. މީގެ ތެރޭގައި ގޭގެ އިންޓަނެޓް އަދި މޯބައިލް ޕޯސްޑްޕެއިޑް ފަދަ ޚިދުމަތްތައް ހިމެނެއެވެ. އަދި ހުރިހާ ބިލަކަށް އެކީ އަރާފައިވާވަރު މަތީގައި ބަޔާންކޮށްފައިވާނެއެވެ. މި ބައިން ކުރީގެ ބިލްތައްވެސް ބަލާލެވޭނެއެވެ. އަދި ވަކި ވަކިން ނުވަތަ ހުރިހާ ބިލަކަށް އެކީ މިބައިން ބިލް ދައްކާލެވެނޭއެވެ. ދައްކަންބޭނުންވާ ބިލަށް ފިތާލުމަށްފަހު މަތީގައިވާ “Pay Now” އަށް ފިއްތާލައިގެން  ބިލް ދައްކާލެވޭނެއެވެ. ދިރާގު ޕޭ، ނުވަތަ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް ބިލް ދައްކާލެވޭނެއެވެ.  ދިރާގު ޕޭ މެދުވެރިކޮށް ބިލް ދައްކާލައިގެން އަނެއް މަހުގެ ބިލުން %5 ލިބޭނެއެވެ. މި ޕްރޮމޯޝަން 30 ޖޫން 2020 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

02. މޮބައިލް އަދި ފިކްސްޑް ބްރޯޑްބެނޭޑް ޔޫސޭޖް ބަލާލުން

ހ. “Mobile Usage Graph” އިން މޮބައިލް ޕޯސްޑްޕެއިޑްގެ ކުރު ހުލާސާއެއް ލިބިގެންދާނެއެވެ.

ށ. “Check Fixed Broadband Usage” އިން ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް އަށް ދެވޭނެއެވެ. މި ޕޯޓަލް  މެދުވެރިކޮށް ކޮންމެ ގަޑިއަކު ގޭގެ އިންޓަނެޓް ބޭނުންކުރެވޭ މިންވަރުވެސް ބަލާލެވޭނެއެވެ. އަދި މީގެ އިތތުރުން ބޭނުންކުރެވޭ މިންވަރުގެ ނޮޓިފިކޭޝަން އެސްއެމްއެސްގެ ޒަރިއްޔާއިން ހޯދަން ބޭނުންވަނީ ނަމަ އެސް.އެމް.އެސް ނޮޓިފިކޭޝަންވެސް އޮން ކޮށްލެވޭނެއެވެ. އަދި ހަމައެއާއެކު ބޫސްޓަރވެސް މި ޕޯޓަލް މެދުވެރިކޮށް ގަނެވޭނެއެވެ.

03. ޚިދުމަތްތަކަށް އެޕްލައިކުރުން ނުވަތަ ހުށައެޅުން

ހ.  “Apply Online” އިން ދިރާގުގެ ގިނަ ޚިދުމަތްތަކަސް އެޕްލައި ކުރެވޭނެއެވެ. މީގެ ތެރޭގައި ޕޯސްޑްޕެއިޑް އަދި ފިކްސްޑް ބްރޯޑްބޭންޑްގެ ޕެކޭޖް ބަދަލުކުރުން، ސިމް ރިޕްލޭސްމެންޓް، ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން އެހެން ގެޔަކަށް ބަދަލު ކުރުން ފަދަ ގިނަ ކަންތައްތައް މިބައިން ކޮށްލެވޭނެއެވެ. އަދި އެޕްލިކޭޝަން ކުރިއަށް ގޮސްފައިވާ ވަރު “Application Status” ބައިން ބަލާލެވޭނެއެވެ.

04. ޕްރީޕެއިޑް ރިޗާރޖް

ހ. “Recharge” އިން ދިރާގު ޕްރީޕެއިޑް ނަންބަރުތަށް ފަސޭހަކަމާއެކު ރީޗާޖުކޮށްލެވޭނެއެވެ. ދިރާގު ޕޭ، ބީ. އެމް. އެލް އަދި އެމް. އައި. ބީގެ ޑެބިޓް ނުވަތަ ކްރެޓިޑް ކާޑު މެދުވެރިކޮށް ރީޗާޖުކޮށްލެވޭނެއެވެ.

05. ބިލުގެ ޖުމްލަ އައިސްފައިވާ ގޮތުގެ ތަފްސީލު

ހ. ދިރާގު މައިއެކައުންޓް މެދުވެރިކޮށް ބިލްގެ ފުރިހަމަ ތަފުސީލު ބަލާލެވޭނެއެވެ. އެގޮތުން “Billing”  އަށް ފިއްތާލުމަށްފަހު “Charging Details” ބަޔަށް ގޮސް ބޭނުންވާ ދުވަސްތަކާއި ޚިދުމަތް (ޑޭޓާ، ވޮއިސް، އެސްއެމްއެސް) ޚިޔާރު ކުރުމަށް ފަހު އެސް. އެމް. އެސް ވެރިފިކޭޝަން ކޯޑު ލިބުމުން ތަފުސީލު ބަލާލެވޭނެއެވެ. މީގެ ތެރޭގައި ގުޅާފައިވާ ނަންބަރުތަކަކީ ކޮބައިކަމާއި ޑޭޓާ ބޭނުންކޮށްފައިވާ ގަޑިތަކާ ވަރުގެ ބަލާލެވޭނެއެވެ.

06. ދިރާގު ޕޭ ކޭޝް އިން

ހ. ދިރާގު ޕޭ އަށް ފަސޭހަކަމާއެކު ބީ. އެމް. އެލް އަދި އެމް. އައި. ބީ މެދުވެރިކޮށް ކޭޝައިން ކޮށްލެވޭނެއެވެ.

ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ. އަދި ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް