ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ރުހުން ހޯދަން ޖެހޭ ގޮތަށް ހަދަނީ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާތާ48 ގަޑިއިރު ތެރޭގައި ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަން ޖެހޭގޮތަށް އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ...

10 Jun 2020 | 09:11

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާތާ48 ގަޑިއިރު ތެރޭގައި ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަން ޖެހޭގޮތަށް އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު އެވެ. އެ އިސްލާހުގައި ބުނެފައިވަނީ ރުހުން ހޯދަން މަޖިލީހަށް ހުށަހެޅުމުން އެކަން ބާތިލް ކުރުމުގެ ބާރު މަޖިލީހަށް އޮންނާނެ ކަމަށެވެ.

ރުހުން ހޯދަން ހުށަހެޅުމުން މަޖިލީހަށް ލިބިދޭ އިތުރު ބާރުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ގަރާރަށް ބަދަލު ގެނައިމާއި ގަރާރުގެ ވަކި ބައެއް ނުވަތަ ގަރާރު އެކުގައި ފާސްކުރުމާއި، ދިގުވެގެން30 ދުވަހަށް މުއްދަތު އިތުރު ކުރުމުގެ ބާރެވެ. އަދި އެ މުއްދަތު އިތުރު ކުރަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނިންމެވިޔަސް އެކަމަށް އަނެއްކާވެސް މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގައި ދައުލަތުން ހަރަދުކުރި ގޮތުގެ ތަފްސީލް ހިމެނޭ އޮޑިޓް ރިޕޯޓެއް ރައީސަށާއި ރައްޔިތުންގެ މަޖިލީހަށް އަދި އޮޑިޓާ ޖެނެރަލް އަށް ހުށަހަޅަން ޖެހޭ ނެކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މިހާރު ރާއްޖޭގައި އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އެވެ. މިދިޔަ މާޗް މަހުގެ12 ވަނަ ދުވަހުން ފެށިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ކޯވިޑް-19 އާއި ގުޅިގެންނެވެ.

މިއަދު ހުށަހެޅުއްވި ބިލުގައި ވާގޮތުން އެ ބިލް ފާސްްވެ ގާނޫނަކަށް ވާއިރު މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ އޮޮވެއްޖެ ނަމަ އަމަލު ކުރަން ޖެހޭނީ އެ ބިލާއި އެއްގޮތަށް ކަމަށެވެ.

މިހާރު އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާއިރު މަޖިލީހުގެ ރުހުން ހޯދާކަށް ނުޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް