މިމަހުގެ ނިޔަލަށް ބޭންކުތަކުން ހިދުމަތް ދޭނީ ހަފްތާއަކު ހަތަރު ދުވަހު

މިމަހުގެ ނިޔަލަށް ބޭންކުތަކުން ހިދުމަތް ދޭނީ ހަފްތާއަކު ހަތަރު ދުވަހު ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފި އެވެ. އެމްއެމްއޭއިން ބުނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށ...

10 Jun 2020 | 07:05

މިމަހުގެ ނިޔަލަށް ބޭންކުތަކުން ހިދުމަތް ދޭނީ ހަފްތާއަކު ހަތަރު ދުވަހު ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފި އެވެ.

އެމްއެމްއޭއިން ބުނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުތައް ހުޅުވާނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ކަމަށެވެ. އެ ދުވަސްތަކުގައި ބޭންކުތަކުން ހިދުމަތް ދޭނީ ހެނދުނު 9:30 ން މެންދުރު ފަހު2:00 އަށެވެ.

މާލޭ ސިޓީގެ ލޮކްޑައުންއަށް ދީފައިވާ ލުއިތަކާއި އެކު ބޭންކުތަކުން ހިދުމަތް ދޭންޖެހެނީ އިޖުތިމާއީ ގައިދުރުކަން ބެހެއްޓޭގޮތަށެވެ. އެހެންވެ ހުރިހާ ބޭންކުތަކުން ވެސް ހިދުމަތް ދެމުންދަނީ ދުރާލާ އެޕޮއިންޓްމެންޓު ދޫކޮށްގެންނެވެ.

އެމްއެމްއޭއިން ބުނީ މެދުކަނޑާލާފައިވާ ކުދި ރުފިޔާ އާއި ވަކި ލާރި ދޫކުރަން އެމްއެމްއޭއިން އަންނަ ހަފްތާގައި ފަށާނެ ކަމަށެވެ. އެގޮތުން އަންނަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހު ވަކި ލާރި އާއި ކުދި ރުފިޔާ ދޫކުރަން ވަނީ ނިންމާފައި އެވެ.

އެމްއެމްއޭއިން ބުނީ އެ ހިދުމަތްތައް ބޭނުންވާ ފަރާތްތަކުން 7919292 އަށް ނަމާއި އައިޑީ ނަމަބްރަު ނުވަތަ ޕާސްޕޯޓު ނަމްބަރާއި ގުޅޭނެ ނަމްބަރާއި މިހާރު އުޅޭ އެޑްރެސް ފޮނުވުމުން އެޕޮއިންޓްމެންޓް ހަމަޖައްސައިދެވޭނެ ކަމަށެވެ. އެޕޮއިންޓްމެންޓާއި އެކު ފުލުހުން މެދުވެރިކޮށް ހޯދަން ޖެހޭ ބޭރަށް ނުކުތުމުގެ ހުއްދަވެސް އެމްއެމްއޭއިން ހަމަޖައްސައިދޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް