ފަރުވާ ހޯދަމުންދާ މީހުންނަށްވުރެ ބަލިން ރަނގަޅުވި މީހުންގެ އަދަދު އިތުރުވެއްޖެ

ރާއްޖެއިން ކޯވިޑް ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންނަށްވުރެ ބަލިން ރަނގަޅުވި މީހުންގެ އަދަދު އިތުރުވެއްޖެ އެވެ. އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ވާގޮތުން އިއްޔެ 85 މީހަކު ރަނގަޅުވެފައިވެ އެ...

10 Jun 2020 | 03:14

ރާއްޖެއިން ކޯވިޑް ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންނަށްވުރެ ބަލިން ރަނގަޅުވި މީހުންގެ އަދަދު އިތުރުވެއްޖެ އެވެ.

އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ވާގޮތުން އިއްޔެ 85 މީހަކު ރަނގަޅުވެފައިވެ އެވެ. އެއާއި އެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު 1،010 އަށް ވަނީ އިތުރުވެފައި އެވެ.

މިހާރު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 922 މީހުންނެވެ. އޭގެ ތެރެއިން 26 މީހުންނަކީ އިއްޔެ ޕޮސިޓިވްވި މީހުންނެވެ.

ބަލިން ރަނގަޅުވާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެފައި މިވަނީ ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅާ އުސޫލަށް ބަދަލު ގެނައި ފަހުން ނެވެ. އެޗްޕީއޭއިން ބުނީ 21 ދުވަސް ފަހު އަލާމާތް ނުފެންނަ މީހެއް ނަމަ އިތުރު ޓެސްޓަކާއި ނުލައި ދޫކޮށްލާނެ ކަމަށެވެ.

އެކަމަކު ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ޓެސްޓު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

އެގޮތަށް ނިންމީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިންނެވެ. އެހެން ގައުމުތަކުގައި ކުރި ދިރާސާތަކަށް ބަލައި އެ ޖަމިއްޔާއިން ބުނެފައިވަނީ އަލާމާތް ނެތް މީހުންގެ ގައިން ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 1،942 މީހުންނެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައި އެވެ.

މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް