ދިއްފުށީގައި ހުރި ގަހެއް އެއީ ކަނބިސް ގަހެއްތޯ ބަލަނީ

ކ. ދިއްފުށީގައި ހުރި ގަހެއް އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްތޯ ބަލަން ފަށައިފި އެވެ. ފުލުހުންގެ މީޑިއާއިން ބުނީ އެ ގަހުގެ މައުލޫމާތު ފުލުހުންނާއި ހިއްސާ ކުރީ އެ ރަށު ކައުންސިލުން ކަމަށ...

09 Jun 2020 | 20:53

ކ. ދިއްފުށީގައި ހުރި ގަހެއް އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްތޯ ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ އެ ގަހުގެ މައުލޫމާތު ފުލުހުންނާއި ހިއްސާ ކުރީ އެ ރަށު ކައުންސިލުން ކަމަށެވެ. އަދި އެކަމުގެ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު ކަމަށް ބުނެ އެވެ.

ފުލުހުން ބުނީ މި މައްސަލައިގަ މިއަދު ހަވީރު 4:00 ހާއިރު ދިއްފުއްޓަށް ގޮސް ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި ތަހުލީލު ކުރަން ފަށާފައިވާ ކަމަށެވެ.

އިތުރު އެއްޗެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކެނަބިސް ގަހެއް ކަމަށް ބުނާ ގަސް ހައްދަނީ ބަޔަކު ކޮށިޖަހައިގެން ބަގީޗާ ގަހެއްގެ ގޮތުގައި އެވެ.

މީގެ ހަތް އަހަރު ވަރު ކުރިންވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުންނާއި ހުޅުމާލެއިން ކެނަބިސް ގަސް ކަމަށް ބެލެވޭ ގަސްތަކެއް ހުރި ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކުރުމުން އެކަން ބަލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް