ކޯވިޑް-19: ރަނގަޅުވި ޖުމްލަ އަދަދު 30 އަށް

ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު 30 އަށް އަރައިފިއެވެ. މިއަދު 30 އަށް އަރާފައިމިވަނީ މިއަދު އެކަކު ރަނގަޅުވެއްޖެކަން ...

10 May 2020 | 18:22

ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު 30 އަށް އަރައިފިއެވެ.

މިއަދު 30 އަށް އަރާފައިމިވަނީ މިއަދު އެކަކު ރަނގަޅުވެއްޖެކަން ހާމަކުރުމުންނެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އިތުރު އެކަކު ރަނގަޅުވެފައިވާކަމަށާއި އެއީ ކޭސްނަމްބަރު 86 ކަމަށެވެ. ކޯވިޑް-19 ޑޭޝްބޯޑުގައިވާ މައުލޫމާތަށް ބަލާނަމަ އެއީ އޭއެމްއެޗް ކްލަސްޓާއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ މިދިޔަ މަހުގެ 21 ގައި ޕޮޒިޓިވް ވި މީހެކެވެ.

މި ވައިރަހުން 30 މީހަކު ރަނގަޅުވެފައިވާއިރު ރާއްޖެއިން މިހާތަނަށް 835 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. ތިން މީހަކު ވަނީ މި ވައިރަހުގައި ނިޔާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް