ޓްރީ ޓޮޕްގެ އައިސީޔޫގައި އޮތް މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި

ކޯވިޑަށް ހާއްސަކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި އޮތް މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ. އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ އެއީ54 އަހަރުގެ ބިދޭސީއެއް ކަމަ...

10 May 2020 | 17:51

ކޯވިޑަށް ހާއްސަކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި އޮތް މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ އެއީ54 އަހަރުގެ ބިދޭސީއެއް ކަމަށެވެ. އެމީހާ އަކީ އިތުރު އެއްވެސް ކޭސްއަކާއި ގުޅުން ނެތް މީހެއް ކަމަށް ވިދާޅުވި އެވެ.

އެކަމަކު އިތުރު ތަފްސީލް އަދި ދެވެން ނެތް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ކޯވިޑަށް ޕޮސިޓިވްވެފައިވާ ނުވަ މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ބިދޭސީންނާއި ހަ ދިވެހިންނެވެ. ހަ ދިވެހިންގެ ތެރޭގައި ހަތް މަހުގެ ކުޑަކުއްޖަކު ހިމެނެ އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި މިހާރު ފަރުވާ ދެމުންދަނީ ތިން މީހަކަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރިންވެސް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ދެ މީހަކާއި އިތުރު އަންހެނެއް ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް835 މީހަކަށް ބަލި ޖެހިފައިވާއިރު30 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. އަދި ތިން މީހަކު ބަލިން ވަނީ ރަނގަޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް