މިއަދު ހަވީރު 05:00 އާއި ހަމައަށް ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 45 މީހަކު ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެގޮތުން އެޗްޕީއޭއިން ބުނެފައިވަނީ މިއަދު، ބަންގްލަދޭޝަށް ނިސްބަތްވާ 22، 20 ދިވެހިން، އިންޑިއާގެ ރައްޔިތަކު އަދި ނޭޕާލު ރައްޔިތަކު ޕޮޒިޓިވް ވެފައިވާކަމަށެވެ.
މިއަދު 45 މީހަކު ޕޮޒިޓިވް ވެފައިވާއިރު، މިހާތަނަށް ރާއްޖެއިން މި ވައިރަހަށް ޕޮޒިޓިވް ވި އަދަދު މިވަނީ 835 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން މި ވައިރަހުން ރަނގަޅުވެފައިވަނީ 29 މީހެކެވެ. ތިން މީހަކު ނިޔާވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް