މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ރީނދޫ އެލާޓު ނެރެފި

މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ރިނދޫ އެލާޓު ނެރެފި އެވެ. ރީނދޫ އެލާޓު ނެރެފައިވަނީ ބ. އަތަޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެއީ މެންދުރު1:15 ން ހަވީރު3:30 އަށެވެ. މެޓް އޮފީހުން...

10 May 2020 | 09:21

މޫސުން ގޯސްވެ ބައެއް ސަރަހައްދުތަކަށް ރިނދޫ އެލާޓު ނެރެފި އެވެ.

ރީނދޫ އެލާޓު ނެރެފައިވަނީ ބ. އަތަޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެއީ މެންދުރު1:15 ން ހަވީރު3:30 އަށެވެ.

މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.

އާންމުކޮށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އެހެން ހިސާބުތަކަށް ގަޑިއަކު ހަ މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ. ރީނދޫ އެލާޓު ނެރެފައިވާ ސަރަހައްދާއި އުތުރުގެ އަތޮޅު ތަކުގައި ކަނޑުގަދަވާނެ ކަމަށް ލަފާ ކުރަނީ ވިލާގަނޑެއް އަތުވެއްޖެ ނަމަ އެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދަ އެރުމުގެ ފުރުސަތުވެސް އެބަ އޮތް ކަމަށް ބުނެ އެވެ.

މެތް އޮފީހުން ވަނީ މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް