ރާއްޖޭގައި 10،000 އަށްވުރެ ގިނަ ސާމްޕަލް ކޯވިޑަށް ޓެސްޓު ކޮށްފި

ނުރައްކާތެރި ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ޖެހިފައި ހުރިތޯ ބަލަން10،000 އަށްވުރެ ގިނަ ސާމްޕަލް ޓެސްޓު ކޮށްފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފި އެވެ. އެ ސެންޓަރުން އާން...

10 May 2020 | 07:57

ނުރައްކާތެރި ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ޖެހިފައި ހުރިތޯ ބަލަން10،000 އަށްވުރެ ގިނަ ސާމްޕަލް ޓެސްޓު ކޮށްފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފި އެވެ.

އެ ސެންޓަރުން އާންމުކޮށްފައިވާ ހިސާބުތަކުގައި ބުނެފައިވަނީ މިހާތަނަށް ކޯވިޑް-19 އަށް ރާއްޖޭގައި11775 ސާމްޕަލް ޓެސްޓު ކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން10،552 ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށެވެ.

ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރެން ފެށުމާއި އެކު ޓެސްޓު ކުރުމަށް ބަދަލުތަކެއް ގެނެސް ޓެސްޓު ކުރެވޭ މީހުންގެ އަދަދު ވަނީ އިތުރުކޮށްފައި އެވެ. އެގޮތުން މިހާރު ޓެސްޓު ކުރާ މީހުންގެ ތެރޭގައި ކަރަންޓީނުން ދޫކޮށްލާ މީހުންނާއި ޕޮސިޓިވްވާ މީހަކާއި ސީދާ ގުޅުން ހުރެގެން އައިސޮލޭޝަންއަށް ގެންދެވޭ މީހުން ހިމެނެ އެވެ.

އަދި މާލޭގެ ފްލޫ ކްލިނިކްތަކަށް ޑޮކްޓަރަށް ދައްކާ މީހުންނާއި އައިޖީއެމްއެޗުގައި އެހެން ބަލިތަކަށް ފަރުވާ ހޯދުމަށް އެޑްމިޓް ކުރާ މީހުން ހިމެނެ އެވެ. މީގެ އިތުރުން ބަލި ފެތުރިދާނެ ކަމަށް ބެލެވޭ ސަރަހައްދުތަކެއް ކަނޑައަޅާ ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަނުގައި ތިިބޭ ހުރިހާ އެންމެން ޓެސްޓު ކުރެ އެވެ.

މާލޭގައި ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް މާލޭގެ އެކި ސަރަހައްދުތަކުން ދަނީ ރެންޑަމް ސާމްޕަލް ނަގަމުންނެވެ. މާލޭގެ އިތުރުން މިހާރު މާފުށީ ޖަލުގައި ވެސް ވަނީ ބަލި ފެތުރޭތޯ ބަލަން ރެންޑަމް ސާމްޕަލް ނަގާފައި އެވެ.

މި ސަރަހައްދުގެ ގައުމުތަކާއި އަޅާބަލާއިރު އާބާދީއަށް ބަލައި އެންމެ ގިނަ މީހުން ޓެސްޓުކޮށްފައިވަނީ ރާއްޖޭގައި އެވެ. ރާއްޖޭގައި ކޯވިޑަށް ޓެސްޓު ކުރުމަށް ބޭނުން ކުރަނީ ފުލުހުންގެ ފޮރެންސިކް ލެބްގައި ހުރި މެޝިނަކާއި އައިޖީއެމްއެޗު ލެބްގައި ހުރި ދެ މެޝިނެކެވެ.

މި ތިން ލެބުން ދުވާލެއްގެ މައްޗަށް ޓެސްޓު ކުރެވެނ 300-400 އާއި ދެމެދުގެ އަދަދަކަށް ސާމްޕަލްއެވެ. މި އަދަދު އިތުރު ކުރުމުގެ ގޮތުން ގެންނަ މެޝިނެއް މިމަހުގެ 17ވަނަ ދުވަހު ލިބޭނެ ކަމަށާއި އޭރުން ދުވާލަކު 600 ސާމްޕަލް ޓެސްޓު ކުރެވޭނެ ކަމަށް އެންއީއޯސީން މައުލޫމާތުފެ އެވެ.

މިހާތަނަށް ރާޢްޖެއިން ޓެސްޓު ކުރި މީހުންގެ ތެރެއިން ބައްޔަށް ޕޮސިޓިވްވެފައިވަނީ790 މީހުންނެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީންނެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން29 މީހަކު ބަލި ރަނގަޅުވެފައިވެ އެވެ. މި ބަލީގައި މިހާތަނަށް ރާއްޖެއިން ތިން މީހަކު ވަނީ ރަނގަޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް