ކޯވިޑް-19 އަށް ޓެސްޓު ކުރެވޭ މިންވަރު އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިމަހު ގެންނަ މެޝިން ބޭނުން ކުރަން ފެށުމުން ދުވާލަކު ޓެސްޓު ކުރެވޭޭ ސާމްޕަލްގެ އަދަދު600 އަށް އިތުރުވާނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އައިޖީއެމްއެޗަށް ގެންނަ އެ މެޝިން ގެނެވޭނެ ކަމަށް ސަރުކާރުން ލަފާ ކުރަނީ މިމަހުގެ17 ވަނަ ދުވަހު އެވެ. މިހާރު ކޯވިޑަށް ޓެސްޓު ކުރަމުންދަނީ ފުލުހުންގެ ފޮރެންސިލް ލެބްގައި ހުރި މެޝިނަކާއި އައިޖީއެމްއެޗުގައި ހުރި ދެ މެޝިނަކުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-199 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އާ މެޝިން ގެނެސް ބޭނުން ކުރަން ފެށުމުން ހަތަރު މެޝިނުން ދުވާލަކު ޓެސްޓު ކުރެވޭ ސާމްޕަލްގެ އަދަދު600-650 އަށް އިތުރު ކުރެވޭނެ ކަމަށެވެ. މިހާރު ބޭނުން ކުރަމުންދާ ތިން މެޝިނުން ދުވާލަކަށް ޓެސްޓު ކުރެވެނީ300-400 އާއި ދެމެދުގެ އަދަދެއްގެ ސާމްޕަލެވެ.
މަބްރޫކް ވިިދާޅުވީ ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމަށް ބޭނުންވާ މެޝިންފަދަ އާލާތްތައް ނުގެނެވިގެން އުޅެނީ ބައިނަލް އަގުވާމީ ދަތުރުތައް ހުއްޓާލާފައި އޮތުމާއި، ގައުމުތައް ލޮކްޑައުންގައި ހުރުމުން ފެކްޓްރީތަކުގެ މަސައްކަތް ނުކުރުން ފަދަ ކަންކަމާއި ގުޅިގެން ކަމަށެވެ.
މަބްރޫކް ވިދާޅުވީ މި ދަތިތަކާއި އެކުވެސް މި ސަރަހައްދުގެ ގައުމުތަކާއި އެ ގައުމެއްގެ އާބާދިއަށް ބަލައި އެންމެ ގިނަ މީހުން ޓެސްޓު ކޮށްފައިވަނީ ރާއްޖޭގައި ކަަމަށެވެ. އޭނާ ވިދާޅުވީ ޓެސްޓިން ކެޕޭސިޓީ އިތުރުކޮށް ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ.
މިމަހުގެ17 ވަނަ ދުވަހު ގެންނަން ހަމަޖެހިފައިވާ މެޝިންގެ އިތުރުން އެސްޓީއޯ އާއި ގުޅިގެން މެޝިނެއް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖީން އެކްސްޕާޓް މެޝިންގެ އިތުރުން އިތުރު މެޝިންތަކެއް ބެހެއްޓުމަށް ފެށި މަސައްކަތްވެސް ކުރަމުންދާ ކަމަށް ރޭ މަބްރޫކް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް