މާދަމާ އަދި ބުދަ ދުވަހު ބީއެމްއެލްއިން ލިބޭނެ ހިދުމަތްތަކާއި ހިދުމަތް ލިބޭނެ ވަގުތު ހާމަކޮށްފި

މާދަމާ އަދި 13 މޭ، ވާ ބުދަ ދުވަހު ހެނދުނު 9:30 އިން ފެށިގެން 12:30 އަށް އަސާސީ ބޭންކިންގ ޚިދުމަތްތައް ބޭންކް އޮފް މޯލްޑިވްސް އިން ދިނުމަށް ހަމަޖައްސައި ދޭނެ ހިދުމަތްތަކައި އެ ހިދުމަތްތަށް ހޯދޭނެ ގޮތްތ...

10 May 2020 | 07:34

މާދަމާ އަދި 13 މޭ، ވާ ބުދަ ދުވަހު ހެނދުނު 9:30 އިން ފެށިގެން 12:30 އަށް އަސާސީ ބޭންކިންގ ޚިދުމަތްތައް ބޭންކް އޮފް މޯލްޑިވްސް އިން ދިނުމަށް ހަމަޖައްސައި ދޭނެ ހިދުމަތްތަކައި އެ ހިދުމަތްތަށް ހޯދޭނެ ގޮތްތައް ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

އެގޮތުން ބީއެމްއެލްއިން ބުނެފައިވާގޮތުގައި މި ދެދުވަހު ދޭނެ ހިދުމަތްތަކަކީ

ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުން

ޕޭ ރޯލް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން) ޚިދުމަތް

އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުން

ލޯކަލް ބޭންކް ޓްރާންސްފަރ

މި އެވެ.

މި ހިދުމަތްތަކުގެ ތެރެއިން ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފަރ ނުވަތަ އިންޓަނޭޝަނަލް ޓްރާންސްފަރ (ޓީޓީ) ގެ ޚިދުމަތް ހޯއްދެއްވުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއި ބޭނުންވާ އެހެނިހެން ލިޔުންތައް (ބިލް) އީމެއިލް [email protected]  މެދުވެރިކޮށް ފޮނުވޭނެއެވެ. އަދި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

އަދި ޕޭ ރޯލްގެ ޚިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. މި ޚިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް

https://www.bankofmaldives.com.mv/business/banking-services/payroll-service

މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މީގެ އިތުރުން އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިންގ ޗެކްތައް ޕްރޮސެސް ކުރެވޭނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައި ކަމަށާއި ހެނދުނު 11.30 ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. އަދި ހެނދުނު 10.00 ޖެހުމުގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އޭ.ސީ.އެޗް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި ހެނދުނު 11.30 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި ހެނދުނު 11.30 ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ އެމް.އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެއެވެ.

މީގެ އިތުރުން ކޯވިޑް-19 ގެ މި ހާލަތުގައި ބޭންކް އޮފް މޯލްޑިވްސް އިން މިވަނީ ބައެއް ކަންކަމަށް ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ޒަރޫރީ ހިދުމަތްތަކަށް ބޭންކްތައް ވަކި ވަގުތުތަކެއްގައި ހުޅުވި ނަމަވެސް ބްރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރާނެއެވެ. ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ޚިދުމަތް ލިބޭނެއެވެ. މިގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭނެއެވެ. އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އެންމެ އިސްކަމެއްދެނީ އެ ބޭންކްގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ކަމަށާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅުއްވާފައިވާ ފުރަބަންދުގެ މުއްދަތުގައި ގޭގައި ތިބިގެން ބޭންކިންގ ޚިދުމަތް ހޯދުމަށް ބާރުއެޅުމުގެ ގޮތުން ބޭންކުގެ ހުރިހާ ބްރާންޗަކާއި ސަރވިސް ސެންޓަރތައް މިވަނީ ބަންދުކޮށްފައި ކަމަށް ބޭންކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް