ކޯވިޑް-19ގެ މިހާރު މިއޮތް ހާލަތަށް ދުރާލާ ވިސްނައިގެން ސަރުކާރުން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު ރާއްޖެ ގެނެސްފިއެވެ.
މި 18 ވެންޓިލޭޓަރަކީ ރާއްޖެ ގެންނަން މެޑިޓެކް ކުންފުންޏާއި ހަވާލުކުރި 18 ވެންޓިލޭޓަރެވެ.
މި 18 ވެންޓިލޭޓަރާއެކު ސިއްހީ ބައެއް ސާމާނުވެސް މެޑިޓެކުން ގެނެސްފައިވެއެވެ. މި ތަކެތި ރާއްޖެ ގެނެސްފައިމިވަނީ ސްރީލަންކަން އެއާލައިންސްގެ މަތިންދާ ބޯޓެއްގައެވެ.
މި 18 ވެންޓިލޭޓަރުގެ ވާހަކަ ވަރަށް ގަދަވެގެންދިޔައެވެ. އަދި މި ކޮންސައިންމެންޓާ ގުޅުވައި ކޮރަޕްޝަންގެ އަޑުވެސް ގަދަވެގެން ދިޔައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ މިކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައި ނުވާނެ ކަމަށެވެ.
ރާއްޖެއަށް 200 ވެންޓިލޭޓަރު ހޯދުމުގެ މަސައްކައް މި އަހަރުގެ މާރިޗް މަހުން ފެށިގެން ވަނީ ފަށާފައެވެ.
މި 18 ވެންޓިލޭޓަރު މިހާރު ރާއްޖެ ގެނެސްފައިވާއިރު، ކޯވިޑް-19ގެ މި ހާލަތުގައި ދުނިޔޭގެ އެކި ގައުމުތަކުން ދަތުރުފަތުރުގެ އިންތިޒާމުތަކަށް އެޅި ހަރުކަށި ފިޔަވަޅުތަކާއެކު މި ވެންޓިލޭޓަރުތައް ރާއްޖެ ގެނައުން ލަސްވެފައިވެއެވެ.
ރާއްޖޭގައި މިވަގުތު 97 ވެންޓިލޭޓަރު އެބަ ހުރި ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް