ބިދޭސީއެއްގެ އަތުން ވަގަށް ނެގި 30،000 ރުފިޔާ ހޯދައިދީފި

އދ. ކުނބުރުދޫގައި މަސައްކަތް ކުރާ ބިދޭސީއެއްގެ ފައިސާ ތަކެއް ގެއްލިގެން ރިޕޯޓު ކުރުމުން ފުލުހުން އެ ފައިސާތައް ހޯދައިދީީފި އެވެ. ގެއްލިގެން ރިޕޯޓުކޮށްފައިވަނީ30،000 ރުފިޔާ އެވެ. އެ މައްސަލަ ފުލުހުންނަ...

10 May 2020 | 05:42

އދ. ކުނބުރުދޫގައި މަސައްކަތް ކުރާ ބިދޭސީއެއްގެ ފައިސާ ތަކެއް ގެއްލިގެން ރިޕޯޓު ކުރުމުން ފުލުހުން އެ ފައިސާތައް ހޯދައިދީީފި އެވެ.

ގެއްލިގެން ރިޕޯޓުކޮށްފައިވަނީ30،000 ރުފިޔާ އެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ އަށް ވަނަ ދުވަހުގެ ރޭ އެވެ.

މި މައްސަލައިގަ މަހިބަދޫގައި މަސައްކަތް ކުރާ އިންވެސްޓިގޭޝަން ޓީމުން ކުނބުރުދޫއަށް ގޮސް ކުރި މަސައްކަތުން އެ ފައިސާ ހޯދިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައިގަ މިހާތަނަށް ފުލުހުން މީހަކު ހައްޔަރެއް ނުކުރެ އެވެ.

އެކަމަކު މި ފައިސާ ފެނުނުތަނެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މައްސަލަ ފުލުހުން ތަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް